ރާއްޖޭގެ ޚަބަރު އެމްއެންޑީއެފްގެ ފަރާތުން އަރަބިއްޔާގެ ގްރޭޑް-1 ގެ ދަރިވަރުން މެޑިކަލް ސްކްރީން ކުރަން ފަށައިފި

އެމްއެންޑީއެފްގެ ފަރާތުން އަރަބިއްޔާގެ ގްރޭޑް-1 ގެ ދަރިވަރުން މެޑިކަލް ސްކްރީން ކުރަން ފަށައިފި

އެމްއެންޑީއެފްގެ ފަރާތުން އަރަބިއްޔާގެ ގްރޭޑް-1 ގެ ދަރިވަރުން މެޑިކަލް ސްކްރީން ކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް މެޑިކަލް ސާރވިސްގެ ފަރާތުން ހިންގާ ފްރޮގްރާމްގެ ދަށުން މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގައި ތަޢުލީމް ޙާސިލު ކުރަމުންދާ ގްރޭޑް-1 ގެ ދަރިވަރުން މެޑިކަލް ސްކްރީން ކުރުުމަށް ފަށައިފިއެވެ.
މިޕްރޮގްރާމް އަކީ އެމަދަރުސާގެ ފަރާތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައި އެދިލެއްވުމުގެ މަތިން ހަމަޖެހިފައިވާ ވަކިއުޞޫލަތަކާއި އެއްގޮތަށް އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދަރިވަރުން މެޑިކަލް ސްކްރީން ކުރަމުންދާއިރު ސިއްޙީގޮތުން އެއްވެސް މަައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަމަކާއި ގުޅޭ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށްވެސް އެމްއެންޑީއެފް އިން ލަފާދެއްވައެވެ.
މިމަހުގެ 15 އިން 17 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެޑިކަލް ސްކްރީން ކުރުމުގެ މަސައްކަތް ކުރައްވާނީ އެމްއެންޑީއެފް ސެނަހިޔާ ހޮސްޕިޓަލާއި މެޑިކަލް ސާރވިސްގައި މަސައްކަތް ކުރާ ސިފައިންގެ ޑޮކްޓަރުންކަމަށް އެފަރާތުން ހާމަކުރައްވައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތާވަލްކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ކޮންމެ ސްކޫލެއްގެ ވެސް ގްރޭޑް-1 ގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ހަދަމުންގެންދާ މެޑިކަލް ސްކްރީން ޓެސްޓްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ހަތަރު ސްކޫލްކުންވަނީ އެދިލައްވާފައެވެ.
މި ފްރޮގްރާމްގެ ދަށުން ޢަރަބިއްޔާ ސްކޫލް ނިމުމުން ތާޖުއްދީން ސްކޫލްއާއި،ކަލާފާނު ސްކޫލްގެ ތަޢުލީމް ހާސިލުކުރަމުންދާ ގްރޭޑް 1 ގެ ދަރިވަރުންނަށް މެޑިކަލް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް ގެ މެޑިކަލް ސަރވިސްއިން މަޢުލޫމާތު ދެއްވައެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިސްކަންދަރު ސްކޫލް ގްރޭޑް 1 ގެ ދަރިވަރުންވެސް ވަނީ ހުސްވި މާރޗް މަހުގެ 17 އިން 19 އަށް މެޑިކަލް ސްކްރީނިންގ ޓެސްޓު ކުރެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.