ރާއްޖޭގެ ޚަބަރު ”ދަނޑުވެރިން ކެލްސިއަމް ކާބައިޑް ބޭނުންކުރޭ“ :އެމްއެފްޑީއޭ

”ދަނޑުވެރިން ކެލްސިއަމް ކާބައިޑް ބޭނުންކުރޭ“ :އެމްއެފްޑީއޭ

”ދަނޑުވެރިން ކެލްސިއަމް ކާބައިޑް ބޭނުންކުރޭ“ :އެމްއެފްޑީއޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ދަނޑުވެރިން މޭވާ ފަދަ ތަކެތި ހައްދާ އޭގެ ވިޔަފާރިކުރުމުގައި ކެލްސިއަމް ކާބައިޑް (ކެމިކަލް) ބޭނުންކޮށްގެން މޭވާ ދޮންކުރަމުން ގެންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީ އިންް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މޭވާއާ ތަރުކާރީ ހައްދައި، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން މޭވާ ދޮންކުރުމަށް ތަފާތު ވައްތަރުގެ ކެމިކަލް ބޭނުންކުރަމުން ގެންދާކަމަށް ފާހަގަކުރެވި، އެކަމަުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެކަން ދިރާސާކުރަމުން އަންނަ ކަމަށެވެ.

މޭވާ ދޮންކުުރުމަށާއި ކާބޯތަކެއްޗައް އަސަރުކުރުވާފަދަ ކަމެއްކުރުމަށް ކެލްސިއަމް ކާބައިޑް ބެނުންކުރުމަކީ ސިއްޙީގޮތުން ރައްކާތެރިކަމެއްނޫން ކަމަށާއި، އަދި މި ކެލްސިއަމްގެ ސަބަބުން ކެއްސުމާއި ނޭވާކުރުވުމުގެ އިތުރަށް، ކަރުގައި ރިއްސުމާއި ހަންގަނޑު ކަޅުވެ ލޯ ރަތް ވުންްފަދަ ސިއްޙީ މައްސަލަތައް ކުރިމަތިވެދާނެކަމަށް ވެސް އެ އޮތޯރިޓީއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު 7/2012 އިގެ 7 ވަނަ ބައިގެ 42ވަނަ މައްދާގެ (މ) އާއި ހަވާލާދީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިންް (އެމްއެފްޑީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މި ކެމިކަލް ބެނުންކުރުމަކީ މަނާކަމެކެވެ.

އަދި މިގޮތަށް މޭވާ ދޮންކުރުމަށް ރާއްޖޭގައި ކެމިކަލް ބޭނުންކުރަމުންދާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކުރައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.