2013 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ބިޑް ޙުށައަޅައިފައިވާ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކުން ހުށަހެޅި ބިޑް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެގޮތުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުތަކާއި އެއްގޮތަށް އެ ހަތަރު ކުންފުނިން ހުށައަޅައިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ހަމަޖެހިފައިވާފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ މައްޗަށް ސިވިލް ކޯޓުން ރޭ ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އަލްމަނާސިކް ގްރޫޕާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕާއި އަލްސަފާ ގްރޫޕާއި ކްލެސިކް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...