ރާއްޖޭގެ ޚަބަރު ރ.އަތޮޅު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ރޭ ނިމިއްޖެ

ރ.އަތޮޅު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ރޭ ނިމިއްޖެ

ރ.އަތޮޅު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ރޭ ނިމިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ.އަތޮޅު ކައުންސިލްގެ 3 ވަނަ ޤްރުއާން މުބާރާތް ރޭ ނިމިއްޖެއެވެ.
މި މުބާރާތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭއެވެ. 3 ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ރ.އަތޮޅުގެ 12 ރަށަކުން 151 ބައިވެރިން ބައިވެރިވެފައިވެއެވެ.އެއީ ބަލައިގެން ކިޔެވުމުގެ ބައިގައި 107 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިގައި 44 ބައިވެރިންނެވެ.
ރ.ދުވާފަރު ސެކެންޑަރީ ސްކޫލްގެ ހޯލްގައި ކުރިޔަށްދިޔަ މި މުބާރާތުގައި ބައިވެރިވި ރަށްތަކަކީ އަލިފުށި.ރަސްގެތީމު،ހުޅުދުއްފާރު،އުނގޫފާރު،ދުވާފަރު،މާކުރަތު،ރަސްމާދޫ،އިނގުރައިދޫ، މަޑުއްވަރި،މީދޫ،ފައިން އަދި ކިނޮޅަސްއެވެ.މިމުބާރާތުގައި ބައިވެރިވެފައި ނުވާ 3 ރަށަކީ ވާދޫ،އަނގޮޅިތީމު އަދި އިންނަމާދޫއެވެ.
މިއީ މިއަހަރު މާލޭގައި އޮންނަ ޤްރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ރ.އަތޮޅުން ބައިވެރިން ހޮވުމަށް ބޭއްވި މުބާރާތެއް ކަމަށާއި އެގޮތުން 15 ބައިވެރިން ހޮވާނެކަމަށް މުބާރާތްގެ ހިންގުމާއި ހަވާލުވެ ހުންނެވި ޢަލީ މުޙައްމަދު މަޢުލޫމާތު ދެއްވިއެވެ.
އަދި މި އަހަރުގެ މުބާރާތަށް ލިބުނު ތަރުހީބު މިދިޔަ އަހަރަށް ވުރެއް ބޮޑުކަމަށް ޢަލީ މުޙައްމަދު ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މިބާރާތުގެ ނަތީޖާ މިއަދުގެ ވަގުތެއްގައި އިޢުލާން ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.