ރާއްޖޭގެ ޚަބަރު ވަގުތުން: އަރަބިއްޔާ މައްސަލާގައި މާލޭގެ މަގުތަކުގައި ބާއްވާ ހިނގާލުން ފަށައިފި

ވަގުތުން: އަރަބިއްޔާ މައްސަލާގައި މާލޭގެ މަގުތަކުގައި ބާއްވާ ހިނގާލުން ފަށައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ޓީމް

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިސްނަގައިގެން ޢަރަބިއްޔާގެ ބެލެނިވެރިންނާއި އަޚަވާތުންނާއި ގުޅިގެން ބާއްވާ މިބޮޑު އެއްވުމަކީ ޢަރަބިއްޔާގެ ބިން ޢަރަބިއްޔާ އަށް ދިނުމަށާއި، އެބިން ޤައުމީ ކަމަކަށް ބޭނުން ކުރެވޭ ނަމަ، އެއަށް ވުރެ ކުޑަ ނޫން ބިމެއް އެސްކޫލަށް ދީ، މިހާރުން މިހާރަށް މިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާމިކަން ރައްޔިތުންނާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރިއަށްދާ ހިނގާލުމެއްކަމަށް ހަބަރު ލިބެއެވެ.

ހިނގާލުމުގެ ފޮޓޯތައް ބައްލަވާ!

މިއަދު ހަވީރު 4.30 ގައި ސޯސަލް ސެންޓަރާއި ހިސާބުން ފެށި މިހިނގާލުމުގައި އަރަބިއްޔާގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ބޯޑުތައް މިހިނގާލުމުގެ ބައިވެރިން ބޭނުންކުރަމުންދާއިރު ބައެއް ބެލެނިވެރިންގެ ޝުއޫރުތަކާއި މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން އަޑުގަދަކުރާއިންދަނީ އިއްވަމުންނެވެ.

އަޑުގަދަކުރާ އިން އިއްޔެ ރައީސް އޮފީސް ކައިރިން ބެލެނިވެރިންތަކެއް ހައްޔަރު ކުރި އަމަލު ކުށްވެރިކޮށް ދަނީ އަޑު އުފުލަމުން އަދި އިންތިހާބުތައް ކުރިއަށް އޮތްކަމުގެ އިންޒާރު މިސަރުކާރަށް ދަނީ ދެމުންނެވެ. ރައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ތެރޭގައި ގޭގެއަށްވެސް އައީ 'އެޕޮއިންޓްމެންޓަކާއި ނުލާ' ކަމަށާއި އަރަބިއްޔާގެ ބެލެނިވެރިންގެ އިހްސާސް އަޑުއަހަން އެޕޮއިންޓްމެންޓެއް ނެތުމުން ފޮނުވާލުމަކީ މައްސަލައެއްކަމަށް ބައެއް ފަރާތްތަކުން ދިޔައީ ގޮވަމުންނެވެ.  އަރަބިއްޔާ ސްކޫލުގެ އަންހެން ބެލެނިވެރިން ހިނގާލުމުގެ ކުރީ ސަފުގައި ތިބިއިރު ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ. އަދި އިތުރު ބެލެނިވެރިންނާއި އާންމުންދަނީ މިހިނގާލުމުގައި ބައިވެރިވަމުންނެވެ.

މިހިނގާލުމުގައި ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުންވަނީ ރަސްމީކޮށް ބައިވެރިވެފައެވެ. މިހިނގާލުން އިންތިޒާމްކޮށްފައިވަނީ އަދާލަތު ޕާޓީއާއި އަރަބިއްޔާގެ ބެލެނިވެރިން ގުޅިގެންނެވެ.

އެންމެ ކުރީގައިވާ ފޮތިގަނޑެއްގައި 'އަރަބިއްޔާ އުވާނުލޭ!  އަރަބިއްޔާ ހިމާޔަތްކުރޭ!" މިފަދައިން ލިޔެފައިވެއެވެ. މަޑުމަޑުން ހިނގާލުމުގެ ބައިވެރިން މަޖީދީމަގުންކުރިއަށް އަންނަ އިރު މިހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއްކަމަށް ހިނގާލުމުގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ހިނގާލުމުގެ ފޮޓޯތައް ބައްލަވާ!

"އަރަބިއްޔާ މައްސަލާގައި " މާލޭގައި ކުރިއަށްދާ ހިނގާލުން މިހާރު ލޮނުޒިޔާރަތް ކޮޅަށް މަޑުކޮށް ހިނގާލުމުގައި ބައިވެރިވި ބައެއް ފަރާތްތަކުގެ ޝުއޫރު ފާޅުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ހިނގާލުމުގެ ބައިވެރިންނާއި މުހާތަބްކޮށް ފުރަތަމަ ވާހަކަ ދައްކަވަނީ އިއްޔެ މިސަރުކާރުން އިސްތިއުފާ ދެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ޝެއިހް ޝަހީމްއެވެ. ޝެއިހް ޝަހީމްގެ ވާހަކަފުޅުގައި "އިއްޔެއަކީ ދިވެހި ތާރީހުގައި ކަޅު ދުވަހެއް ކަމަށާއި އާންމު ރައްޔިތުންނަށް އެފަދައިން ހަމަލާ ނުދިނުމަށް ފުލުހުންނަށް ވަނީ ގޮވާލާފައެވެ. އަދި މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ޝެއިހް ޝަހީމު އިލްތިމާސް ކުރެއްވީ ސަރުކާރުގެ މުދަލަށް ގެއްލުން ނުދިނުމަށާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ނުދެއްކުމަށެވެ. ޖޯޝާއި އެކު ޝަހީމު ވާހަކަ ދައްކެވުމަށްފަހު ޝަހީމްގެ ވާހަކަ ނިންމާލައިފިއެވެ.

ހިނގާލުމުގެ ފޮޓޯތައް ބައްލަވާ!

ޝަހީމުގެ ވާހަކައަށް  އަށްފަހު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިއެއްކަމުގައިވާ އަބްދުއް ސަލާމް ވާހަކަ ދެއްކެވިއެވެ. އަދި ޑީއާރުޕީގެ މަޖިލިސް މެމްބަރ މަހްލޫފް ވަނީ ވާހަކަ ދައްކަވާފައެވެ. މަހުލޫފްގެ ވާހަކައިގައި އަރަބިއްޔާއަށް މިސަރުކާރުން ކަންތައް ކުރާ ގޮތައް ވަނީ ފާޑު ކިޔާފައެވެ. މަހްލޫފަށްފަހު ޑރ އަފްރާޝިމްގެ ވާހަކައިން ހިނގާލުން ވަނީ ނިންމާލާފައެވެ.

ހިނގާލުން ނިނާމާލީ ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންގެ އަޑު ނާހާނަމަ އާދިއްޔަ ދުވަހު ސިލްސިލާ މުޒާހަރާތައް ފެށުމަށާއި ބެލެނިވެރިން  އަނެއްކާވެސް ރައީސް އޮފީސް ދޮށަށް އެއްވުމަށް ތައްޔާރަށް ތިބިކަމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްފަހުގައެވެ.

މިއީ ފަހުގެ ތާރީހެއްގެ ބެލެނިވެރިން މިފަދަ ހިނގާލުމެއް ބޭއްވި އެންމެ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވޭއިރު މިހިނގާލުން ނިންމާލާފައިވަނީ 'ވަރަށް ކާމިޔާބުކޮށް' ކަމަށް މިހިނގާލުމުގެ ބައިވެރިވި ބެލެނިވެރިއަކު ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތްތަނުގައިވެސް އަރަބިއްޔާގެ މައްސަލާގައި ތަފާތު ހަރަކާތްތައް ހިނގުމަށް ދަނީ ތައްޔާރުވަމުންނެވެ. އިއްޔެ ރައީސް އޮފީސް ކައިރިއަށް އެއްވެ ފުލުހުން ބެލެނިވެރިން ފޮނުވާލަށް އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި 10 ބެލެނިވެރިއަކު ވަނީ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައެވެ.

އަރަބިއްޔާ މައްސަލާގައި މާލޭގެ މަގުތަކުގައިބޭއްވި ހިނގާލުމުގެ ލައިވް ކަވަރޭޖް ނިމުނީ. ޖަޒާކަﷲ ޚައިރަން

ހިނގާލުމުގެ ފޮޓޯތައް ބައްލަވާ!

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.