ރާއްޖޭގެ ޚަބަރު ފަލަސްތީނުގެ އިސްލާމިކް މިނިސްޓާރ ރައީސް ޑރ ވަހީދު އާއި ބައްދަލުކުރައްވައިފި

ފަލަސްތީނުގެ އިސްލާމިކް މިނިސްޓާރ ރައީސް ޑރ ވަހީދު އާއި ބައްދަލުކުރައްވައިފި

ފަލަސްތީނުގެ އިސްލާމިކް މިނިސްޓާރ ރައީސް ޑރ ވަހީދު އާއި ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީންގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް މިހާރު ރާއްޖެއައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވާ ދެބޭފުޅުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްޠީނަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމަކީ، ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައެވެ.

ޑޮކްޓަރ މަޙްމޫދު އަލް ޙައްބާޝްގެ ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ފަލަސްތީންގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ ކުރިއަށް އޮތް ރަމަޟާން މަހުގައި ރާއްޖެއަށް ހާއްސަ އިމާމުން ހަމަޖައްސަވާނެ ކަމަށާއި، އަލްމަސްޖިދުލް އަޤްސާއާއި ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްއެއް ރާއްޖޭގައި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކަމުގެ ފެހި ސިގްނަލް ދެއްވަވާފައެވެ.

ފޮޓޯ: ފަލަސްތީނުގެ އިސްލާމިކް މިނިސްޓާރ ރައީސް ޑރ ވަހީދު އާއި ބައްދަލުކުރެއްވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.