ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާގެ 2012 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ކުއްލިއްޔާގައި އޮތް މިރަސްމިއްޔާތުގައި ޖުމްލަ 312 ދަރިވަރުން ވަނީ ދަސްވެނިވެ ސެޓްފިކެޓް ހާލިލް ކޮށްފައެވެ.
ކުއްލިއްޔާގެ އޮފިޝަލަކު ދިއިސްލާމަށް މައުލޫމާތު ދެއްވި ގޮތުގައި މިފަހަރުގެ ދަސްވެނިވުނު ދަރިވަރުން ތެރެއިން 40 ދަރިވަރަކު ވަނީ ޑިގްރީ ހާސިލްކޮށްފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކުއްލިއްޔާއަކީ ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި ހޭލުންތެރިކަމަށް ބޭނުންވާ ތަޢްލީމާއި ތަމްރީން ލިބިފައިވާ ޒިންމާދާރު ދިވެހި ދަރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ބިނާކޮށްފައިވާ މުއައްސަސާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...