އަލްމަސްޖިދުލް އަޤްސާއާއި ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްއެއް ރާއްޖޭގައި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓާރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މަހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފަލަސްތީންގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް މިހާރު ރާއްޖެއައް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ މައުލޫމާތު މީޑިއާއަށް ހާމަކުރެއްވުމުގެ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީ އިން ބޭއްވި ނިއުސް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ޝަހީމް ވިދާޅުވީ މި ކޮންފަރެންސްގައި އިސްލާމީ ގިނަ ޤައުމުތަކަކުން ފާހަގަކޮށްލެވޭ އެތައް ޢިލްމްވެރިންނެއް ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.
މަސްޖިދުލް އަޤްސާއަކީ މަތިވެރި ތަނެއްކަމާއި، އެތަނުގެ ރޫޚް ދިރުވާ އާލާކުރަންޖެހޭ ކަމަށް ހާމަކުރައްވަމުން މިނިސްޓާރ ވިދާޅުވީ ރާއްޖޭގައި ބޭއްވޭ މި ބޮޑު ކޮންފަރެންސްއާއި ބެހޭ ކޮމިޓީއެއް މިހާރުވަނީ ފަލަސްތީން އެމްބަސީ އާއި ގުޅިގެން އެކުލަވާލެވިފައިކަމަށެވެ.
މި ކޮމިޓީގައި އިސްވެ ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓާރ އައްޝައިޚް ޑރ ޤުބާދު އަބޫބަކުރު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...