ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އަވަހާރަކޮށްލަން ބަޔަކު އުޅޭކަންދޭހަވާ ގޮތަށް ޤާސިމް ވާހަކަ ދައްކަވައިފިއެވެ.
އެޕާޓީގެ ފަރާތުން ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އޭނާ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަކި ކުރުމަށްފަހު އެފަދަ ގޮތަކަށް ކަންތައް ހިނގާފާނެ ކަން ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.
ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި މި ޖަލްސާގައި ޤާސިމް ވަނީ އޭނާ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރުކަމުން ވަކި ކުރަން އަންނަ ހަފްތާގެ އަންގާރަ ދުވަހު ނަގަން އުޅޭ ވޯޓާއި ގުޅޭގޮތުން ވާހަދައްކަވާފައެވެ.
އަދި ކުރީގައި އެމަގާމުގައި ހުންނެވި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީވެސް އެ މަޤާމުން ވަކިކުރެއްވުނުތާ ދުވަސްކޮޅެއްގެ ފަހުން އެމަނިކުފާނުވެސް ވަނީ އަވަހާރަކޮށްލެވިފައި ކަންވެސް ޤާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެއީ ބަޔަކު މަކަރު ވެރި ރޭވުމަކުން ނެގި ވޯޓެއް ކަމަށާއި އެކަމަކު މިފަހަރު ވޯޓު ނަގަނީ އެމަނިކުފާނު އަވަހަރާކޮށްލަންށޭ ސީދާ ނުދައްނަވާނެ ކަމަށްވެސް ޤާސިމްވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރި މި ޖަލްސާގައި ގާސިމް އިބްރާޙިމް ވަނީ މާލޭގެ ބަނދަރުމަތީގައި ގިނަ އަދަދަކަށް ވައްކަންކުރާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެފަދަ ވައްކަންތައް ކުރާ މީހުން 24 ގަޑިއިރު ތެރޭގައި ހިފާ ހައްޔަރުކުރެވޭ ފަދަ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...