ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް ދިރާގުގެ މެޖޯރިޓީ ހިއްސާ ބަޓެލްކޯ އަށް ވިއްކާލައިފިއެވެ.
ދިރާގުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ކޭބަލް އެންޑް ވަޔަލެސް ކޮމިއުނިކޭޝަން ޕަބްލިކް ލިމިޓެޑް (ސީޑަބްލިޔުސީ)ގެ މެޖޯރިޓީ ބަހްރެއިން ޓެލެ ކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އަށް ވިއްކާލުމާއި ގުޅިގެން މިހާރު ދިރާގުގެ 52 އިންސައްތަ ހިއްސާ ދާރަކީ ބަހްރެއިންގެ މި ކޮމްޕެނީ (ބަޓެލްކޯ) އެވެ.
ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)ގެ ބައި ގިނަ ހިއްސާއާ އެކު ދިރާގުގެ ޑިރެކްޓަރުންގެ އާ ބޯޑެއްވެސް އެކުލަވާލާފައިވާއިރު ދިރާގަކީ އާ ޓެކްނޮލޮޖީތައް މެދުވެރިކޮށް އީޖާދީ ޙިދުމަތްތައް މުޖުތައުއަށް ފޯރުކޮށްދޭ ކުންފުންޏަކަށް ވާނޭކަމުގައި ބަޓެލްކޯ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިޚް މުޙައްމަދު ބިން ޢީސާ އަލްޚަލީފާ ވަނީ ވިދާޅުވެފައެވެ.
ދިރާގުގެ ބޯޑަށް އަލަށް އެކުލަވައިލި ޗެއާޕާސަން އެންޑް ގަވަމަންޓް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އިބްރާހީމް އާތިފު ޝަކޫރު އެވެ. އަދި ސަރުކާރުގެ އަނެއް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިދްހާމް ހުސައިން އެވެ.
ބަޓެލްކޯގެ ފަރާތުން އައްޔަން ކޮށްފައިވާ ތިން ޑައިރެކްޓަރުންނަކީ، ޝެއިހު މުޙައްމަދު ބިން އީސާ އަލްޚަލީފާއާއި މާކޯ ރެނިއާއާއި ޑރ. ޣައްސާން މުރާދު އެވެ. އަދި އިންޑިޕެންޑެންޓް ޑައިރެކްޓަރަކަށް އިބްރާހީމް ޝަރީފް މުޙައްމަދު ހަމަޖައްސާފައިއިވާއިރު، މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މިހާރު ވެސް އެމަޤާމުގައި ހުންނެވި އިސްމާއީލު ވަހީދު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...