ދަރުސް ޚަބަރު ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން "އަޤީދާ ވޯކްޝޮޕް-2" ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން "އަޤީދާ ވޯކްޝޮޕް-2" ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން "އަޤީދާ ވޯކްޝޮޕް-2" ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

2010 ޑިސެމްބަރ 24 ން 25 ށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން "އަޤީދާ ވޯކްޝޮޕް-2" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. މިވޯކްޝޮޕަކީ ދިވެހިލޮބުވެތި ރައްޔިތުންގެ ދީނީ ޢަޤީދާ އިތުރަށް ހަރުދަނާ ކުރުމާއި ދީނުގެ ޙަޤީޤީ މަންހަޖު އުގަންނައި ދިނުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްޞަލަފުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވޭ ވޯކްޝޮޕެއް ކަމަށާއި، 2010 ނޮވެމްބަރ 26 ން 27 ށް އެޖަމްޢިއްޔާއިން ބޭއްވި ފުރަތަމަ "އަޤީދާ ވޯކްޝޮޕަށް" ލިބުނު ކާމިޔާބާއި ގުޅިގެން، ގިނަބައެއްގެ އެދުމުގެ މަތިން ބޭއްވޭ ވޯކްޝޮޕެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތުދެއްވައެވެ. ސޯޝަލް ސެންޓަރ ސެމިނަރ ރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި، އައްޝައިޚް ޙަސަން މޫސާ ފިކްރީ އާއި، އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް އަދި އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހިމް ކަމަށް "ދިއިސްލާމް" އަށް މަޢުލޫމާތު ލިބެއެވެ.

މިފަހަރުގެ ވޯކްޝޮޕްގައި އިސްކަންދޭނީ ފުރަތަމަ ބޭއްވުނު "އަޤީދާ ވޯކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތުނުލިބިވާ ބޭފުޅުންނަށް ކަމަށާއި، 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މިވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 250 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރައްވައެވެ.

މިވޯކްޝޮޕާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 7411078 ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރައްވައެވެ. އަދި ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމަށް އެދޭ ފޯމް ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެކަމަށާއި، މީގެ އިތުރުން ސަލަފް ލައިން (ހިލާލީ މަގު)  އިން ވެސް ފޯމް ލިބިވަޑައިގަންނަވާނެކަމަށާއި، މިފޯމް ސަލަފް ލައިނަށް މިއަދުގެ ނިޔަލަށް ހުށަހެޅުއްވޭނެކަމަށް މަޢުލޫމާތުލިބެއެވެ.

www.jamiyyathusalaf.com ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް އެޑްރެސް

ޓެގް

ދީން ސަލަފް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.