
”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ހިނގާލުމުގެ ތެރެއިން | ފޮޓޯ: ދިއިސްލާމް
މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން ގެ އަހަރީ އާންމު ޖާލްސާ 20 މާރޗް 2013 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެމް.ޕީ.ބީ.އޭ ގެ ފަރާތުން ދިއިސްލާމް އަށް މައުލޫމާތު ދެއްވި ގޮތުގައި މިރޭ 20:15 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ޖަމިއްޔާ އަށް އާ ރައީސަކާއި ކޮމިޓީ އަށް އިތުރު މެންބަރަކު އިންތިހާބު ކުރުން އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި މި ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށާއި އަދި މަޤާމުތަކަށް މެމްބަރުން އައްޔަނު ކުރެވޭނީ ހާޒިރުވާ އާއްމު މެންބަރުންގެ އަޤްލަބިއްޔަތުން ކަމަށް މި ޖަމްްއިޔާގެ ފާރާތުން ހާމަކުރައްވައެވެ.
މި ޖަމްއިޔާގެ ރައީސަކަށް އެންމެ ފަހުން ހުންނެވި އައްޝައިހް މުހައްމަދު ތޮއްޔިބު ވަނީ އައްޑު އަތޮޅުގެ ކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް އައްޔަނު ކުރެއްވުވާއި ގުޅިގެން މެޖިސްޓްރޭޓުންގެ ޤަވާއިދު ބުނާގޮތުން މެޖިސްޓުރޭޓަކު އެއްވެސް ޖަމްއިޔާ ޖަމާއްތެއްގައި ހަރަކާތްތެރި ވުމަކީ މަނާކަމެއްކަމަށް ވާތީވެ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް ޖަމްއިޔާގެ ވިހާވެސް ގިނަމެމްބަރުންނާއި ޖަމްއިޔާއަށް ހެޔޮއެދޭ ވީހާވެސް ގިނަ ބަޔަކު ވަޑައިގެންދެއްވުމަކީ އެމް.ޕީ.ބީ.އޭ ގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...