ރާއްޖޭގެ ޚަބަރު އެމް.ޑީ.ޕީ މުޒާހަރާއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

އެމް.ޑީ.ޕީ މުޒާހަރާއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

އެމް.ޑީ.ޕީ މުޒާހަރާއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރަނީ | ދިއިސްލާމް ފޮޓޯ: އަޖްނާދު

މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރަނީ | ދިއިސްލާމް ފޮޓޯ: އަޖްނާދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިއުމާއި ގުޅިގެން މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރާ މުޒާހަރާގެ ތެރެއިން 79 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުންގެ މީޑިއާއިން ބުނެފިއެވެ.

މުޒާހަރާގެ ބައިވެރިން ގެ ތެރެއިން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަަތުގައި ފުލުހުން ހޯދަންބޭނުންވާ 4 މީހެއް ފާހަގަ ކޮށްފައިވާ 1 މިނިޓް 47 ސިކުންތުގެ ވީޑިއޯ ކުލިޕެއްވެސް ފުލުހުން ވަނީ އާއްމު ކޮށްފައެވެ.

ދި އިސްލާމުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގަައި ތިބީ 18 އަންހެނުންނާއި 61 ފިރިހެނުން ކަމެވެ. އިއްޔެގެ މުޒާހަރާގެ ތެރެއިން ވަނީ ސަރުކާރުގެ ވެހިކަލްތަކަކަށް ގެންލުންދީ އާންމު ވިޔަފާރި ވެރިއެއްގެ ވެހިކަލަކަށްވެސް ގެއްލުން ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އަދި އެއްވެސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ނުވާކަމަށާއި އަދި އެއްވެސް ކުޑަކުއްޖެއް ހައްޔަރު ކޮށްފަ ނުވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.