އެމެރިކާގެ ކޮންގްރެސް، ވައިޓްހައުސް އަދި ހޮލީވުޑް އޮތީ ޒަޔަނިސްޓުންގެ ބާރުގެ ދަށުގައިކަމަށް ހެލަން ތޯމަސް ވިދާޅުވެއްޖެއެވެ.
ދާދިފަހުން އަރަބް/އެމެރިކަން ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުން ހެލަން ބުނެފައިވަނީ، "ކޮންގްރެސް، ވައިޓްހައުސް އަދި ހޮލީވުޑްގެ އިތުރުން ވޯލްސްޓްރީޓް އޮތީ ޒަޔަނިސްޓުންގެ ބާރުގެ ދަށުގައި، އެކަމަށް އެއްވެސް ސުވާލެއް ނެތް." މިފަދައިންނެވެ. އަދި "އަހަންނަށް އެމެރިކާގެ ރައީސްއަށް ކޮންމެފަދަ އެއްޗެއްވެސް ކިޔިދާނެ އެކަމަކު އަހަރެމެންނަށް އިޒްރޭލުގައި އަތް ނުލެވޭނެ، އެކަމާއި އެމެރިކާ މީހުނަށް ކެތެއް ނުވާނެ." ކަމަށެވެ.
ހެލަން ތޯމަސް ވަނީ މީގެ ކުރިންވެސް އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެފަހަރު ހެލަން ތޯމަސް ބުނެފައިވަނީ "ޒަޔަނިސްޓުން އެމީހުންގެ ގައުމުތަކަށް ފޮނުވާލަންވީ ކަމަށާއި ފަލަސްތީނުން އެމީހުން ފޮނުވާލާ ޖަރުމަނަށާއި ޕޮލަންޑާއި އެމެރިކާއަށް އަނބުރާ ދާންވީ" ކަމަށެވެ. މިބަހުގެ އަދަބެއްގެ ގޮތުގައި ހެލަން ތޯމަސް އަށް ޖެހުނީ ވައިޓްހައުސްގެ އޭނާގެ މަގާމުން އިސްތިއުފާ ދޭށެވެ.
ހެލަން ތޯމަސް ޒަޔަނިސްޓުންނަށް މިފަދަ 'ހޫނު ހަމަލާ'އެއް ދިނުމާއި ގުޅިގެން އެމެރިކާއާއި އިޒްރޭލުގެ ތެރޭގައި ހެލަން އަށް އޮތް ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...