ދަރުސް ޚަބަރު ކުޑަކުދިންނަށް ޚާއްޞަކޮށްގެން ”ކިޔަވާށެވެ!“ މިނަމުގައި ދަރުސެއް ބާއްވަނީ

ކުޑަކުދިންނަށް ޚާއްޞަކޮށްގެން ”ކިޔަވާށެވެ!“ މިނަމުގައި ދަރުސެއް ބާއްވަނީ

ކުޑަކުދިންނަށް ޚާއްޞަކޮށްގެން ”ކިޔަވާށެވެ!“ މިނަމުގައި ދަރުސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dharus_Kiyavaasheve_Dhiislam

"އިޤްރައު - ކިޔަވާށެވެ!" މިނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ވަރަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު މަޢުމޫން އެވެ. ދަރުސް އޮންނާނި މި ފެބްރުއަރީ މަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 4:15 ގައެވެ.

ދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ދިއިސްލާމަށް މަޢުލޫމާތު ދިންގޮތުގައި މިދަރުސް އަކީ އުޚުތުން ކޮޅެއް އިންތިޒާމް ކޮށްގެން ބާއްވާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ދަރުސް އެކެވެ. އަދި މިދަރުސް ބޭއްވުމުގެ މަޤްޞަދަކީ މި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިޔަށްދާތީ އާއެކު، ކިޔެވުމާއި އިސްލާމް ދީނުގައި ޢިލްމަށް ދެވިފައިވާ އަހަންމިއްޔަތުކަން ކުޑަކުދިންނަށް ހާމަކޮށްދީ ވިސްނައިދިނުން ކަމަށްވެސް އެފަރާތުން ހާމަކުރެ އެވެ.

މި ދަރުސްގެ އިތުރުން މީގެ ކުރިންވެސް 4 ދަރުސެއް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާފައިވާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. އެއީ ޝެއިޚް ޢަބްދުލް ޢަޒީޒް (އަޒީބެ) ގެ "ބަސް އަހާ ކުދިބަޔަކަށް ވާށެވެ!" ، ޝެއިޚް އަލީ ޒާހިރުގެ "ޔާ ބުނައްޔާ"، ޝެއިޚް ޠައްޔިބްގެ "ތިޔަކުދިންނަށް ހެޔޮބަހެއް" އަދި އަލްއަޚް ޢަބްދުއްސަލާމް (ސަލާމްބެ) ގެ "ތިޔަކުދިން ހާސިލް ކުރަންވީ" މިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.