ރާއްޖޭގެ ޚަބަރު ދީނަށްޓަކައި މަސައްކަތްކުރުމަކީ ހަޖޫޖެހުން ކުރިމަތިވާނެ ކަމެއް: ޝައިޚް އިމްރާން

ދީނަށްޓަކައި މަސައްކަތްކުރުމަކީ ހަޖޫޖެހުން ކުރިމަތިވާނެ ކަމެއް: ޝައިޚް އިމްރާން

ދީނަށްޓަކައި މަސައްކަތްކުރުމަކީ ހަޖޫޖެހުން ކުރިމަތިވާނެ ކަމެއް: ޝައިޚް އިމްރާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދީނަށްޓަކައި މަސައްކަތްކުރުމަކީ ހަޖޫޖެހުން ކުރިމަތިވާނެ ކަމެއް ކަމަށާއި، ތަފާތު ގޮންޖެހުންތައް ކުރިމަތިވެ ފުރައްސާރަތައް ރައްދުވާނެ ކަމެއްކަމަށް ޝައިޚް އިމްރާން ވިދާޅުވެއްޖެ އެވެ. ޝައިޚް މިހެން ވިދާޅުވީ އަދާލަތު ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން، ރޭ 20:45ގައި ހދ ވައިކަރަދޫގެ ހދ. އަތޮޅު މަދަރުސާގައި ބޭއްވި ޚާއްސަ ޖަލްސާ ގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި “ދީނަށްޓަކައި މަސައްކަތްކުރުމަކީ ހަޖޫޖެހުން ކުރިމަތި ވާނެ ކަމެއް، ގޮންޖެހުން ކުރިމަތިވާނެ ކަމެއް، ފުރައްސާރަ ރައްދުވާނެ ކަމެއް. މިކަންކަމަށް އަހަރެމެންވެސް ސާބިތުވާން ޖެހޭ” ކަމަށް ޝައިޚް ވިދާޅުވިއެވެ. މީގެ އިތުރުން “މިރަށަށް (ވައިކަރަދޫއަށް) އެންމެ ފަހުން އައި ފަހަރު ހިތްދަތިކަމެއް އައި ނަމަވެސް މިރަށުގެ ރައްޔިތުން މެދުވެރިކޮށް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އެކަން އުފާވެރިކަމަކަށް ބަދަލުވެރި ކުރައްވާފައި” ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޝައިޚް އިމްރާންގެ ވާހަކަފުޅުގައި ރަށް ތަރައްޤީ ކުރުމުގައި ދީނީ އުސޫލުތަކާ އެއްގޮތަށް ކަންކަން ގެންދިޔުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ކެއްތެރިކަމާއި ސާބިތުކަމާއިއެކު ކަންކަން ކުރުމަށް ޕާޓީގެ މެމްބަރުންނަށް ގޮވާލައްވަމުން ވިދާޅުވީ ދީނަށް ލޯބިކުރާ މީހުން އެންމެ ގިނަރަށަކަށް ވައިކަރަދޫ ވާނެ ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއްކަމަށާއި، އަޅުގަނޑުމެން ވާންޖެހެނީ އަޚްލާޤު ރަނގަޅު ބަޔަކަށް ކަމަށް ވިދާޅުވަމުން އެހެންމީހުންނަށް ފުރައްސާރަ ކުރާބަޔަކަށް ނުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ހަމަމިއާއެކު ސަރުކާރަށް ޕާޓީތަކުން ފޮނުވާފަ ތިބި މީހުންތަކު ތެރެއިން އެންމެ ޤާބިލް މީހުން ފޮނުވާފަ ތިއްބެވީ އަދާލަތުންކަން ސަރުކާރުވެސް ޤަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޭނުމުގައި ހދ އަތޮޅަށް ކުރަމުން މިދާ ދަތުރުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ސައިޙް އިލްޔާސް ހުސައިން ގެ އިތުރުން ޕާޓީގެ ޑިރެކްޓަރ ޖެނެރަލް ވެސް ބައިވެރި ވަޑައިގަތެއެވެ. އަދި މިދަތުރަށް އެކި ރަށްތަކުން އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.