”ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ“ މިނަމުގައި އަދާލަތުޕާޓީން ބާއްވަން ހަމެޖެހިފައިވާ ދަރުސް ’ދިޓީވީ‘ އާއި ’ރޭޑިއޯ އެޓޯލް‘ އިން ލައިވް ކުރުމަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ މިރޭ 20:45 ގައި ކާނިވާ ސްޓޭޖްގައެވެ. ދަރުސް ދެއްވާނީ ޑރ. މުޙައްމަދު ޢިޔާޟު، އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް މުޙައްމަދު ދީދީ އެވެ. އަދި ދަރުސް ނިމުމުން ޚާއްސަ ދުޢާ އެއް ކުރުންވެސް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިޒްރޭލުން ފަލަސްޠީނަށް މިހާރު ދެމުންގެންދާ ޢުދުވާނީ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 850 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...