
ގަޑިއަކު 50 މޭލު ބާރު މިނުގައި އައި ސޭންޑީގެ ވައިގެ ސަބަބުން 25 ފޫޓު ގެ އުސްމިނުގެ ރާޅުތައް ލޭކް މިޗިގަންގެ އައްސޭރިފަށަށް ފޯރަނީ | ފޮޓޯ: ސްކޮޓް އޮލްސޮން
އެމެރިކާއަށް އައި "ސޭންޑީ" ގެ ނަމުން ނަންދެވިފައިވާ ޠޫފާނަކީ، ﷲގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ ލޯބިވެ ވޮޑިގެންވާ އަޅުން އިމްތިޙާނުކުރެއްވުމުގެ މިސާލެއް ނޫންކަމަށާއި، އެހެނަސް އެއީ އެ ތަޙައްމަލުކުރަން ޖެހުނު މީހުންނަށް ފޮނުއްވިގެންވާ އުޤޫބާތެއްކަމަށް ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމްކިއުއޭ.ކޮމް ގެ ސްޕަވައިޒަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދް ވިދާޅުވެއްޖެއެވެ.
މިޞްރުގެ އަންނާސް ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ޞާލިޙުލް މުނައްޖިދް ވިދާޅުވެފައިވަނީ، "އެތާނގެ ގިނަ މީހުންނަކީ ކާފަރުން. އެއީ އަޣްލަބިއްޔަތަކީ. އެތާނގައި ބައެއް މުސްލިމުން އުޅުންކަމުގައި ވިޔަސް. އެކަމަކު އެތާނގެ ގިނަ މީހުންނަކީ ކާފަރުން. އެއާއެކު އެއީ ކުފުރުގެ ޤައުމެއް. މިއީ ކޯފާއަކަށް ވެގެންދަނީ ﷲ ގެ ވަހީ ބަސްފުޅުގައިވާ ފަދައިން."
ދެން ޝެއިޚް މުނައްޖިދް ކިޔަވާ ވިދާޅުވީ ރަޢުދު ސޫރަތުގެ 31 ވަނަ އާޔަތުގެ ބައެކެވެ. އެ އާޔަތުގެ މާނާގައިވަނީ،
" قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ. ފަހެ، اللَّه އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، إيمان ވިމީހުންނަށް ނޭނގޭހެއްޔެވެ؟ كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ."
ބައެއް މީހުން އެއީ ޠަބީޢީކަމެކޭ ބުނެފާނެކަމަށާއި، ނަމަވެސް އެ ފޮނުއްވީ ﷲ ކަމަށް ޝެއިޚް ވިދާޅުވިއެވެ. "ގަދަ ވައިގެ ތޫފާނެއް އެމީހުންގެ މައްޗަށް ފޮނުއްވާ ދެން އެމީހުން އެ ޣަރަޤުކުރެވުނީ އެމީހުންގެ ކުފުރުގެ ސަބަބުން. މިމީހުން ވަނީ ބިމުގައި ފަސާދަ ފަތުރާފަ. އަދި ބިން މަތީގައި އަނިޔާވެރިވެގަނެފަ. އަދި ޢިރާޤާއި އަފްޣާނިސްތާނުގެ ކުށެއް ނެތް އެތައް މިލިޔަން ބަޔަކު މަރާލާފަ. އެމީހުންވަނީ ސީރިޔާގެ ޢާއްމުންނަށް ހަތިޔާރު ދިނުމަށް ދެކޮޅުހަދާފަ. އޭގެ ސަބަބުން (ބައްޝާރުގެ ޙަމަލާތަކުގައި) ޢާއްމުން ކަތިލެވެމުންދާ މިންވަރު އިތުރުވެގެން ދިޔުމަށްޓަކާ." ޝެއިޚް ވިދާޅުވިއެވެ.
"މިއީ ބާރުގަދަކަމަށް ބުނާ އަނިޔާވެރިންނަށް ފިލާވަޅެއް. ﷲ އެމީހުންނަށްވުރެ ބާރުގަދަވެވޮޑިގެންވޭ. އެކަލާނގެއީ ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެ. ﷲ އަށް އެމީހުން ފަނާކުރެއްވުމުގެ ބާރު ލިބިވޮޑިގެންވޭ. އެމީހުންގެ ފައިތިލަތައް ދަށުން ބިންގަނޑު ގުޑުވާލުމުގެ ބާރު ލިބިވޮޑިގެންވޭ." ޝެއިޚް މުނައްޖިދު ވިދާޅުވިއެވެ. "އެކަލާނގެ ލަޝްކަރުތައް އުޑުތަކާއި ބިމުގައި ވޭ."
50 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން އެމެރިކާ ތަޙައްމަލުކުރަން ޖެހިފައިވާ ސޭންޑީ ތޫފާނުގައި މަދުވެގެން އެމެރިކާގެ 105 ރައްޔިތަކު މަރުވެފައިވާކަމަށް ބައެއް ނޫސް އެޖެންސީތަކުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...