ދުނިޔެ އެމެރިކާއަށް ސޭންޑީގެ ނަމުން ނަންދެވިފައިވާ ތޫފާނެއް އަރައި ބޮޑެތިގެއްލުންތަކެއް ލިބިއްޖެ

އެމެރިކާއަށް ސޭންޑީގެ ނަމުން ނަންދެވިފައިވާ ތޫފާނެއް އަރައި ބޮޑެތިގެއްލުންތަކެއް ލިބިއްޖެ

އެމެރިކާއަށް ސޭންޑީގެ ނަމުން ނަންދެވިފައިވާ ތޫފާނެއް އަރައި ބޮޑެތިގެއްލުންތަކެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބާރުގަދަ ތޫފާނެއް ކަމަށްވާ ސޭންޑީގެ  ނަމުން ނަންދެވިފައިވާ  ތޫފާން އެމެރިކާގެ ނިއު ޖާރޒީގެ އެޓްލާންޓީކް ސިޓީ ސަރަހައްދަށް އަރައިފިއެވެ.

ބާރު ވަޔާއި އެކު އައި މި ތޫފާނުގައި އެމެރިކާގެ އެންމެ އާބާދީ ބޮޑު ބިންކަމަށްވާ އެޓްލާންޓިކްގެ އައްސޭރިފަށުން 100 ކިލޯމީޓަރުގެ ދުރުމިނުގެ ސަރަހައްދަކަށް އަދި އުސްމިނުގައި 13 ފޫޓަށް ފެންބޮޑުވެފައިވާ ކަމަށް ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. އަދި 10 ވަރަކަށް މީހުން މަރުވެ 10 މިލިޔަނާއި 20 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ގެއްލުންވެފައިވާ ކަމަށްވެއެވެ. މިތޫފާނުގައި ފެން ބޮޑު ވުމުގެ ސަބަބުން 5.7 މިލިއަނަށްވުރެ ގިނަމީހުންނަށް ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައި ކަމަށާއި ބައެއް ބިންތަކާއި އެއްގަމު އުޅަނދު ދުއްވާ މަގުތަކާއި ޓަނެލް ތަށް ވަނީ ފެނު އަޑީގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ސޭންޑީ ތޫފާނުގެ ސަބަބުން ރައީސް ބަރަކް އޮބާމާއާއި އިދިކޮޅު ފަރާތްތަކުން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތައް މެދު ކަނޑާލާފައެވެ.

މި ތޫފާނަކީ މިހާތަނަށް އެމެރިކާއަށް އައި އެންމެ ގެއްލުން ބޮޑު ތޫފާން ކަމަށްވެސް މޫސުން ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.