މިއަހަރުގެ ޢަޟްޙާ ޢީދު ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސަދުﷲ ޝާފިއީ ވިދާޅުވީ މިދިޔަ ފިތުރު ޢީދު ނަމާދަށް ތައްޔާރުވުމުގައިވެސް އެކި ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އަދި މިފަހަރު ޢަޟްޙާ ޢީދު ދުވަހު އޮންނަ ހަދިޔާ ބަދަލުކުރުމާއި .ހިލޭސާބަހަށް ކުރަންޖެހޭ މަސައްކަތްތަކަށް އެޙީތެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުރިހާ ބޭފުޅުންނަށްވެސް ހުޅުވާލައިފާވާ ކަމަށެވެ
ޢަޟްޙާ ޢީދު ނަމާދަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ އެކި އެކި މުޢައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ އެއްބާރުލުން މިހާރުވެސް ލިބެމުންދާކަމަށް އެމަނިކުފާނުވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި އެކަން ރޭވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށްވެސް ހުރިހާބޭފުޅުންގެ ކިބައިން އެދިވަދައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސްކައުޓް އެސޯސިއޭޝަން، ނޭޝަނަލް ކެޑޭޓް ކޯއާއި، ޔޫތު މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...