ދުނިޔެ އަންހެން ހެދުން އަޅައިގެން މައްކާއަށް ވަނުމަށް މަސައްކަތްކުރި ފިރިހެނަކު ހިފަހައްޓައިފި

އަންހެން ހެދުން އަޅައިގެން މައްކާއަށް ވަނުމަށް މަސައްކަތްކުރި ފިރިހެނަކު ހިފަހައްޓައިފި

އަންހެން ހެދުން އަޅައިގެން މައްކާއަށް ވަނުމަށް މަސައްކަތްކުރި ފިރިހެނަކު ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެން ހެދުން އަޅައިގެން މައްކާއަށް ވަނުމަށް މަސައްކަތްކުރި ފިރިހެނަކު ހިފަހައްޓައިފިއެވެ. މިމީހާ އަންހެން ހެދުން އަޅައިފައިވަނީ ޕާސްޕޯރޓު ކޮންޓުރޯލު އޮފިސަރުންނަށް އޮޅުވާލުމަށް ކަމަށް ހައްޖު އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.

ހައްޖު އޮތޯރިޓީގެ ފަރާތުން ވާހަކަދެއްކެވި ބްރިގޭޑިއާ އައިދު އަލް ހަރްބީ ވިދާޅުވިގޮތުގައި 73 މީހަކު ވަނީ 'ހައްޖު ޕާރމިޓް' ނުލާ ސަޢުދީގެ މީހުންނާއި ބޭރުޤައުމުތަކުގެ މީހުން މައްކާއަށް އެތެރކުރުމަށް މަސައްކަތްކޮށްފައިވާތީ ހައްޔަރުކުރެވިފައެވެ. އަދި މީގެ އިތުރުން ހުއްދަނެތި އެ ޤައުމަށް ވަންނަން މަސައްކަތް ކޮށްފައިވާ 207 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ހައްޖާއި އެކަށީގެން ނުވާގޮތަށް ހެދުންއެޅިފައިވުމުގެ ސަބަބުން 1604 މީހުން އެންޓްރެންސް ޕޮއިންޓުތަކުން ފޮނުވާލެވިފައިވާކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.

ހައްޖާޖީންނަށް އެހީތެރިވުމަށްޓަކައި 245000 ސިވިލް ސާރވެންޓުންނާއި މުވައްޒިފުން ހަމަޖެއްސިފައިވެއެވެ. މި އަހަރު ހައްޖުވުމަށް ޓަކައި މައްކާއަށް ދާ ހައްޖާޖީންގެ އަދަދު 3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ޓެގް

ހައްޖު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.