"ޤުރުއާން.އެމްވީ" އަކީ ދާދިފަހުން ވުޖޫދަށް އައިސްފައިވާ ވަރަށް ފުރިހަމަ ދިވެހި އުފެއްދުމެކެވެ. ޤުރުއާން.ކޮމް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ މިސައިޓަކީ ދިވެހި ބަހުން ޤުރުއާން ތަރުޖަމާ ކިޔާލެވޭގޮތައް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ޤުރުއާން ތަރުޖަމާ ބަލާލެވޭ މިސައިޓްގައި އާޔަތްތައް ވަކިވަކިން ތަރުޖަމާ ބަލާލެވެއެވެ. ރައީސް އޮފީހުން ނެރެފައިވާ ޤުރުއާން ދިވެހިތަރުޖަމާ ހިމަނާފައިވާ މިވެބްސައިޓުގައި ޤުރުއާން ތަރުޖަމާގެ ބަސްތައް 'ސާރޗް' ކުރެވޭގޮތައްވަނީ ހަދާފައެވެ. އަދި މީގެ އިތުރުން ކޮންމެ އާޔަތެއްވެސް އަރަބި ކިޔެވުން އަޑު އަހާލެވޭގޮތައް ވަނީ ހަދާފައެވެ. އޭގެ ތިރީގައިވަނީ ދިވެހި ތަރުޖަމާ އާއި އިނގިރޭސި ތަރުޖަމާއެވެ.
ޤުރުއާން.އެމްވީ އަކީ އަދިވެސް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ވެބްސައިޓެއްކަމުން އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ދީނީ މިފަދަ މުހިންމު މަސައްކަތްތައް ރާއްޖޭގެ އަމިއްލަ ފަރުދުން ކުރަމުން އައުމަކީ ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު އިތުރަށް ވަރުގަދަ ވެގެންދާނެކަމެއްކަން ޔަގީނެވެ.
visit Quran.mv >>>>> Click here<<<<
ކޮމެންޓް (0)
ލޯޑް ކުރަމުން...