ދުނިޔެ އުސާމާ ބިން ލާދިންގެ އަވަހާރަކޮށްލުމާއިބެހޭގޮތުން ހަދާފައިވާ ފިލްމެއް ނޮވެމްބަރު 4 ގައި

އުސާމާ ބިން ލާދިންގެ އަވަހާރަކޮށްލުމާއިބެހޭގޮތުން ހަދާފައިވާ ފިލްމެއް ނޮވެމްބަރު 4 ގައި

އުސާމާ ބިން ލާދިންގެ އަވަހާރަކޮށްލުމާއިބެހޭގޮތުން ހަދާފައިވާ ފިލްމެއް ނޮވެމްބަރު 4 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުސާމާ ބިން ލާދިން އަވަހާރަކޮށްލުމާއިބެހޭގޮތުން ހަދާފައިވާ ފިލްމެއް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ނެރޭނެކަމަށް ސީއެންއެން އިން ހާމަކޮށްފިއެވެ. ނޭޝަނަލް ޖިއޯގްރަފިކް ޗެނަލް އިން ދައްކާގޮތަށް ހަމަ ޖެހިފައިވާ މި ފިލްމު ނެރެން ހަމަ ޖެހިފައިވާ ތާރީޚަކީ އެމެރިކާގެ އިންތިހާބު ފެށުމުގެ ދެދުވަސް ކުރިއެވެ.

މި ފިލްމު ބެހުމުގެ މަސައްކަތުގައި އުޅޭނެކަމަށް މައުލޫމާތު ލިބިފައިވަނީ ވެއިންސްޓެއިން ކޮމްޕެނީއެވެ. އަދި މި ކޮމްޕެނީއަކީ ހާރވޭ ވެއިންސްޓެއިން ނަމަކަށް ކިޔޭ، އިންތިހާބުގައި އޮބާމާ އަނެއްކާވެސް ހޮވުމަށް ކުރެވޭ ކެމްޕެއިނަށް ތާޢީދުކުރާ ފަރާތެކެވެ.

މި ފިލްމުގައި އަލިއަޅުވާލެވޭނީ އުސާމާ ބިން ލާދިން އަވަހާރަކޮށްލުމަށް ޕާކިސްތާނުގައި ހިންގުނު އޮޕަރޭޝަންއަށް ކަމަށް މައުލޫމާތުލިބެއެވެ. މި ފިލްމު ނެރުމަށް ހަމަޖެހފައިވާ ތާރީޚަކީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ހަމަޖެއްސި ތާރީހެއް ކަމުގައި ބެލެވުނު ނަމަވެސް ނޭޝަނަލް ޖިއޯގރަފީއިން ހާމަކޮށްދޭން މަސައްކަތްކުރަނީ އެއީ ސިޔާސީކަމަކާ ގުޅުންހުރި ކަމެއް ނޫންކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.