އޭޝިއާ އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި ގެއްލިގެން ހޯދަމުން ދިޔަ 135 މީހުން ދިރިހުއްޓާ ފެނިއްޖެ

އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި ގެއްލިގެން ހޯދަމުން ދިޔަ 135 މީހުން ދިރިހުއްޓާ ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި ގެއްލިގެން ހޯދަމުން ދިޔަ 135 މީހުން ދިރިހުއްޓާ ފެނިއްޖެއެވެ.

ދާދިފަހުން އިންޑޮނޭޝިޔާގައި ފަރުބަދައެއް ގޮވައި ބިންހެލުމުގެ ސަބަބުން އެރި ސުނާމީގައި އެތައް ބަޔަކު ގެއްލިގެން ހޯދަމުންދަނިކޮން އޭގެތެރެއިން 135 މީހުން ފެނިފައިވާކަމަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުންދާ ޓީމުންވަނީ ކަށަވަރު ކޮށްދީފައެވެ. އިތުރު މީހުން އެޓީމުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މީހަތަނަށް މަރުވެފައިތިބި މީހުންވެސް ފެނިފައިވާކަމަށްވެސް ހަބަރު ލިބެއެވެ. އަދިވެސް 163 މީހުން ނުފެންނަކަމަށް ފަހުގެ ހަބަރުތައް ބުނެއެވެ. މިހާތަނަށް 413 މީހުން މިސުނާމީގައި މަރުވެފައިވާއިރު 270 މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިހާދިސާއަށްފަހު 22 ހާހަށްވުރެއް ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ އެކިވަރުގެ ގެއްލުންތައް އެތައް ބަޔަކަށްވަނީ ފޯރާފައެވެ.

އިންޑޮނޭޝިޔާއަށް އައިސް ސުނާމީގައި 517 މުޅިން ހަލާކުވެފައިވާއިރު 204 ގެއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބިފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.