
މާލީގެ އުތުރުގައި އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ތަންފީޒުކުރެވެމުން ދާކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. މާލީގެ ބޮޑު ސަރަހައްދެން މިހާރުވަނީ އަންޞާރައްދީން ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.
މާލީގެ ބޮޑު ސަރަހައްދެއްގައި ބާރު އޮންނަ އަންޞާރައްދީން ޖަމާޢަތުން ދަނީ އަތްކެނޑުމާއި ޒިނޭގެ ހައްދުތައްފަދަ ގިނަ ޤައުމުތަކުން ތަންފީޒުކުރަން ނުކުޅެދެވިފައިވާ ހައްދުތައްވެސް ތަންފީޒުކުރަމުންނެވެ. އަދި މަދަރުސާތަކުގައި މިހާރު ކިޔަވައިދެމުންދަނީ އަންހެން ފިރެހެން ވަކިންނެވެ. މީގެ އިތުރުން ފްރެންޗްބަހުގެ ބަދަލުގައި ޢަރަބިބަސް ކިޔަވައިދޭންވެސް ވަނީ ފަށާފައެވެ.
ބަގާވާތަކުންވެރިކަން ހޯދި މާލީގެ ސަރުކާރުންވަނީ މިހާރުވެސް މާލީގެ އުތުރުގެ ސަރަހައްދުތަކުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކޮށް އެސަރަހައްދު ބަލަހައްޓަމުންގެންދާ ޖަމާޢަތާ ދެކޮޅަށް އެހީވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ގޮވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...