ހައްޖާޖީން މާލެއިން ފުރުމުގެ އިންތިޒާމް މުޅިން ތަފާތުގޮތަކަށް ހަމަޖައްސުމުގެ އިންތިޒާމް ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި ހައްޖާޖީންނާއި ހައްޖާޖީންގެ އާއިލާތައް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އެތަކެއް އިންތިޒާމްތަކެއް ހަމަޖައްސަމުން ގެންދާކަމަށާއި އެގޮތުން މި ފަހަރު ހުރިހާ ހާޖީން ވެސް ފުރާނީ ވެސް ދެ ނަމްބަރު ޖެޓީންކަމަށާއި ހައްޖާޖީންނަށް ފަސޭހަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ޓެންޓް ޖަހާފައި ހުންނާނެ ކަމަށްވެސް މިނިސްޓްރީއިން ހާމަކުރެއެވެ.
އަދި މީގެ އިތުރުން މާލެއިން ހުޅުލެއަށް ދިއުމާއި އައުން ހައްޖާޖީންނަށާއި ހައްޖާޖީންގެ އާއިލާތަކަށް 'ހިލޭ' ހަމަޖައްސާނެކަމަށްވެސް މިނިސްޓްރީއިން ހާމަކުރެއެވެ. " ހަޖީންނަށާއި އެބޭފުޅުންގެ އާއިލާތަކަށް ހިލޭ ފެރީ ހަމަ ޖެހިފައި އޮންނާނެ މާލެ އިން އެއާޕޯޓަށް. ފުރުމުގައި ވެސް އަދި އެނބުރި ރާއްޖެ އަންނަ އިރު ވެސް" މިނިސްޓްރީއިން ހާމަކުރިއެވެ. މިއަހަރުގެ އުމްރާ އެކޭ އެއްފަދައިން ސިފައިންގެ އެހީތެރިކަން އެންމެ މަތީ ދަރައިޖައިގައި ހައްޖާޖީންނަށް ލިބޭނެކަމަށްވެސް މިނިސްޓްރީއިން ހާމަކުރެއެވެ. "ހައްޖަށްދާ މީހުންގެ ފުރުމާ ހަމައަށް ފޮށިތައް އުފުލައިދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވާނެ" ކަމަށް އިސްލާމީކް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓާރ އިތުރަށް ވިދާޅުވީ "ހުޅުލޭގައި އެމީހުން ހައްޖަށްދާ މީހުން ފުރުމާއި ހަމައަށް ވަރަށް ގިނައިރު ތިބެން ޖެހޭ. އެ ތިބޭއިރު މާލެއިން ލިބޭ އަގުގައި ހުޅުލެއިން ކާބޯތިލިބޭނެ،" ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހައްޖުވެރިން މައްކާއަށް ފުރަންވަނީ ފަށާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...