ދަރުސް ޚަބަރު "ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް

"ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް

"ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ޝައިހް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެ ޖަމްޢިއްޔާގެ ރައީސް ޝައިޚް މުހައްމަދު އަނީލް މަޢުލޫމާތު ދެއްވި ގޮތުގައި މި ދަރުސް އޮންނާނީ ސެޕްޓެމްބަރ 14 ވާ ހުކުރު ދުވަހުގެރޭ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްޛިކުރާގަ އެވެ. ޝައިޚް އިލްޔާސް ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ "ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށެވެ.

މި ދަރުސް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސީރަތް ވީހާވެސް ބޮޑަށް ހާމަކޮށްދީ، ހުޅަނގުން އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ ޢަމަލުތަކުގެ ޙަޤީޤަތް އާންމުންނަށް އަންގައިދިނުން ކަމަށް ނޫރުލްއިސްލާމުން ބުންޏެވެ.

މި ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އެދެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.