ދުނިޔެ ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ރެފިއުޖީ ކޭމްޕުތަކެއް ޤާއިމްކުރަނީ

ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ރެފިއުޖީ ކޭމްޕުތަކެއް ޤާއިމްކުރަނީ

ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ރެފިއުޖީ ކޭމްޕުތަކެއް ޤާއިމްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސައުދިޢަރަބިޔާއާއި ތުރުކީއާއި ގުޅިގެން ރެފިއުޖީ ކޭމްޕްތަކެއް ޤާއިމްކުރުމަށް ދެޤައުމުން ނިންމައިފިއެވެ.

"ސޫރިޔާގެ އަޅުގަނޑުމެންގެ އަޚުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ސަޢުދިޢަރަބިޔާއިން ކުރަމުން އަންނަ މަސައްކަތްތަސް ތުރުކީއިން ވަނީ މަރުހަބާކިޔައިފަ. އަދި ތުރުކީއިން ދަނީ ސޫރިޔާގެ ގިނަ ރެފިއުޖީން އެޤައުމުގައި ބަލަހައްޓަމުން،" ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ސައުދީ ސަރުކާރުން ފަށާފައިވާ ކެމްޕެއިންގެ ޑިރެކްޓަރ މުބާރަކް އަލްބަކްރް ވިދާޅުވިއެވެ.

އދ.އިން ސޫރިޔާގެ މައްސަލައާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން ސޫރިޔާގެ 66000 ރެފިއުޖީންވަނީ ތުރުކީއަށް އެތެރެވެފައެވެ.

"މިދިޔަ އަންގާރަދުވަހާއި ބުދަދުވަހު އެކަނިވެސް 3000 ވަރަކަށް ރެފިއުޖީންވަނީ ތުރުކީގެ ކޭމްޕްތަކަށް ގޮސްފައި،" އދ.ގެ ރެފިއުޖީންގެ ކަންތައްތަކާއި ބެހޭ ކޮމިޝަނަރ އެޑްވަރޑްސް ހާމަކޮށްފައިވެއެވެ.

ސައުދި ޢަރަބިޔާއިން އުރުދުންގައިވާ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށްޓަކައި ފޮނުވި 43 ޓްރަކުގެ 700 ޓަނުގެ ކާބޯތަކެއްޗާއި، ފެނާއި ބޭސްވަނީ އިއްޔެ އުރުދުންއާއި ހަމައަށް ފޯރާފައެވެ.

މީގެ އިތުރުން ސައުދީޢަރަބިޔާއިންވަނީ ސޫރިޔާގެ ރެފިއުޖީންނަށް އެހީވުމަށްޓަކައި އުރުދުންގައި 2500 ވަގުތީ ހިޔާ އެޅުމަށް 28 މިލިއަން ސައުދީ ރިޔާލުގެ ޕްރޮޖެކްޓެއް ފަށާފައެވެ.

.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.