ދުނިޔެ ޢީދުގެ އުފާފާޅުކުރަމުންދަނިކޮށް އެމެރިކާއިން ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

ޢީދުގެ އުފާފާޅުކުރަމުންދަނިކޮށް އެމެރިކާއިން ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

ޢީދުގެ އުފާފާޅުކުރަމުންދަނިކޮށް އެމެރިކާއިން ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިތުރުޢީދުގެ އުފާފާޅުކުރަމުންދަނިކޮށް އެމެރިކާއިން ޕާކިސްތާނަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި ޕާކިސްތާނުގެ 6 މުސްލިމަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ސަލާމަތީބާރުގެ އޮފިޝަލުން ހާމަކުރެއްވިގޮތުގައި އެމެރިކާއިން ވައިގެމަގުން ޑްރޯން ބޭނުންދިން މިހަމަލާދީފައިވަނީ އަފްޣާނިސްތާނުގެ ބޯރޑަރުކައިރީގައި އޮންނަ ޤަބީލާ ސަރަޙައްދަކަށެވެ.

އެމެރިކާގެ މިޓެރަރިސްޓް ހަމަލާއަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ޒަހީރުލްއިސްލާމް އެމެރިކާއިން ދެމުންގެންދާ މިފަދަ ހަމަލާތަކާއި ދެކޮޅަށް ނުރުހުން ފާޅުކުރައްވައި އެމެރިކާގެ ސީއައިއޭއާއިއެކު މަޝްވަރާކުރެއްވިތާ މަހެއް ފަހުންނެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މިޓެރަރިސްޓްހަމަލާގައި ވަޒަރިސްތާނު ސަރަޙައްދުގައި އޮންނަ ޝަވަލް އަވަށުގެ ޝުވީދާރު ވާދީއަށް ދެމިސައިލް ހަމަލާދީފައިވެއެވެ.

އެމެރިކާއިން ދެމުންގެންދާ މިފަދަ ހަމަލާތަށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަޒަރުއަންދާޒްކުރަމުންދާތީ ގިނަ މުސްލިމުންދަނީ އެކަމާއ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.