ދުނިޔެ ލީބިޔާގެ ހަނގުރާމަވެރިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގުޅިއްޖެ

ލީބިޔާގެ ހަނގުރާމަވެރިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގުޅިއްޖެ

ލީބިޔާގެ ހަނގުރާމަވެރިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީބިޔާގެ މުޢަމަރް އަލްޤައްޒާދީގެ ވެރިކަން ވައްޓާލުމަށް ކުރެވުނު ހަނގުރާމައިގައި ބައިވެރިވި އެޤައުމުގެ ހަނގުރާމަވެރިން ސޫރިޔާގެ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރުމަށް ސޫރިޔާގެ ހަނގުރާމަވެރިންނާއި ގުޅިއްޖެއެވެ.

ހުސާމް ނައްޖާރު ނަމަކަށްކިޔާ ލީބިޔާގެ ހަނގުރާމަވެރިޔަކު ރޮއިޓަރސްއަށް މަޢުލޫމާތު ދީފައިވާގޮތުގައި ލީބިޔާގެ ހަނގުރާމަވެރިން ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށްދީ ތަމްރީން ޕްރޮގްރާމްތަކެއްވެސް މިހާރު ދަނީ ހިންގަމުންނެވެ.

ނައްޖާރު އިތުރަށް ހާމަކުރިގޮތުގައި ލީބިޔާގެ ހުޅަނގުގެ ފަރުބަދަ މަތީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންއައި ހަނގުރާމަވެރިންގެ ލީޑަރު މަހްދީ އަލްހަރާތީވެސް ވަނީ މިހާރު ސޫރިޔާގެ ހަނގުރާމަވެރިންނާއި ގުޅިފައެވެ. އަދި އޭނާ މިހާރު ދަނީ ސޫރިޔާގެ ހަނގުރާމަވެރިންގެ ޔުނިޓެއްގެ ކޮމާންޑަރެއްގެ މަޤާމް އަދާކުރަމުންކަމުގައި ނައްޖާރު މަޢުލޫމާތުދިނެވެ.

ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ލީބިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި މުވާސަލާތީކަންކަމުގައިއާއި، ލޮޖިސްޓިކް ދާއިރާގައި، އަދި ބަރު ހަތިޔާރު ގެންގުޅުމުގައި ތަޖްރިބާކާރު މާހިރުން ހިމެނޭކަމުގައި ނައްޖާރު ހާމަކުރިއެވެ.

ނައްޖާރު މަޢުލޫމާތުދިން ގޮތުގައި ލީބިޔާގެ ހަނގުރާމަވެރިން ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ގުޅުމުގެ ސަބަބުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރު މިހާރުވަނީ ފަސްގުނައަށް އިތުރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.