ދުނިޔެ އެސިޑް ފުޅި ތަކަކުން އިލިނޮއިގެ އިސްލާމިކް ސްކޫލަކަށް ހަމަލާދީފި

އެސިޑް ފުޅި ތަކަކުން އިލިނޮއިގެ އިސްލާމިކް ސްކޫލަކަށް ހަމަލާދީފި

އެސިޑް ފުޅި ތަކަކުން އިލިނޮއިގެ އިސްލާމިކް ސްކޫލަކަށް ހަމަލާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ އިލިނޮއިގެ ހުޅަނގު ލޮމްބާޑްގެ އިސްލާމިކް ސްކޫލަކަށް ދިން ހަމަލާއަކީ ވޭތުވެދިޔަ ހަފްތާބަންދުގެ ތެރޭގައި ރިޕޯޓްކުރެވުނު މުސްލިމް އިންސްޓްޓިއުޝަނަކަށް ދެވުނު ދެވަނަ ހަމަލާކަމަށްވެއެވެ.

ޗިކާގޯގެ ދަ ކައުންސިލް އޮފް އިސްލާމިކް  އޯގަނައިޒޭޝަނުން ހާމަކޮށްފައިވާގޮތުގައި ލޮޮމްބާރޑްގެ 331 ޑަބްލިއު. މެޑިސަން ގައި ހުންނަ  އިސްލާމިކް ސްކޫލެއްކަމުގައިވާ ކޮލެޖް ޕްރިޕެރެޓީ ސްކޫލް އޮފް އެމެރިކާއަށް އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހަމަލާތަކެއްދީފައިވާކަމަށްވަނީ ރިޕޯޓްކުރެވިފައިވާކަމަށްވެއެވެ.

ރަމަޟާންމަހުގެ ތަރާވީޙް ނަމާދުކުރަން ތިބި ވަގުތުގައި އެސިޑާއި އެނޫންވެސް ގޮތްނޭނގޭ ސާމާނުތައް އަޅާފައި އޮތް ސެވެން އަޕް ފުޅިއެއް ސްކޫލްގެ އެތެރެއަށް ކޮންމެވެސް މީހެއް އެއްލާފައިވާކަމަށް ކައުންސިލުން މަޢްލޫމާތު ދިނެވެ.

ތަރާވީހް ނަމާދުކުރަން ތިބެފައި ވަރަށް ބާރު އަޑެއް  އިވިގެން ބެލިއިރު ސްކޫލްގެ ކުޑަ ދޮރަކަށް ފުޅިއަކުން ހަމަލާދީފައިވާތަން ފެނިފައިވާކަމަށްވެއެވެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއްލިބިފައިނުވެއެވެ.

ލޮމްބަރޑްގެ ފުލުހުން ހާމަކުރާގޮތުގައި މިމައްސަލަ މިހާރުދަނީ ތަޙްޤީޤްކުރަމުންނެވެ. ނަމަވެސް އަދި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

މީގެ ދެދުވަހެއް ކުރިން އިލިނޮއިގެ މޯރޓަން ގްރޯވްގެ މިސްކިތަކަށް ބަޔަކުވަނީ ބަޑިން ހަމަލާދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.