ދުނިޔެ ބަރުމާގެ މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚަކު އިންޒާރުދީފި

ބަރުމާގެ މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚަކު އިންޒާރުދީފި

ބަރުމާގެ މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚަކު އިންޒާރުދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގައި މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚެއްކަމަށްވާ އަބޫ ބަކްރު ބަޝީރް އިންޒާރުދީފިއެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންގެންދާ 74 އަހަރުގެ އަބު ބަކްރް ބަޝީރު މިހެން ހާމަކޮށް އިންޒާރުދީފައިވަނީ ބަރުމާގެ ރައީސް ތޭން ސޭންއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

"ކަލޭގެ ނުބައި ޢަމަލުތަކުގެ ސަބަބުން ކަލޭގެ ޤައުމުން އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ ވޭނުގެ އަޑު އަހަރެމެން އަހައިފިން. ކަލޭމެންތިދަނީ އެނިކަމެތި އަޚުންނާއި އުޚްތުން އެމީހުންގެ ގެއިން ނެރެލައި އެމީހުންކަތިލަމުން،" ރައީސް ތޭން ސޭންއަށް އެޑްރެސްކޮށް ލިޔެފައިވާ މިސިޓީގައި އަބޫ ބަކްރު ބުނެފައިވެއެވެ.

"މިގޮވާލުންތަކަށް އިޖާބަނުދީފިނަމަ، ﷲ ގަންދީ ބުނަމެވެ، އަހަރެމެންގެ މުޖާހިދުންގެ އަތްތަކުން ކަލޭމެންފަދަ ކިބުރުވެރި ބޮޑާ ޤައުމުތަކުގެ ސަރުކާރުތައް ބިމާހަމަވާތަން ކަލޭދެކޭނެ،" އަބޫ ބަކްރު ހާމަކުރިއެވެ.

"އިނގެންޖެހޭ ހަޤީޤަތަކީ އަހަރެމެންނަކީ މުސްލިމުންކަން. އެމީހުންގެ ވޭނަކީ އެއީ އަހަރެމެންގެ ގައިގައިވެސް އަޅާވޭން. އެމީހުންގެ ހިތާމަޔަކީ އަހަރެމެންގެވެސް ހިތާމަ. އެމީހުންގެ ގައިން އޮހޮރޭ ލެޔަކީ އަހަރެމެންގެ ގައިންވެސް އޮހޮރޭ ލޭ. އިންޝާ ﷲ ކަލޭމެންނާއި ކަލޭމެންގެ މީހުން އަހަރެމެން ހަލާކުކުރާނަން."

 މިސިޓީއަކީ އަބޫ ބަކްރުގެ ސިޓީއެއްކަން ޖަމާޢަތުއް އަންސާރުއް ތައުހީދުގެ ތަރުޖަމާނު ސަން ހަދީވަނީ މީޑިއާއަށް ޔަޤީންކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.