ރާއްޖޭގެ ޚަބަރު ހދ. އަތޮޅު މަދަރުސާގައި މަދަޙަ ކިޔުމުގެ މުބާރާތެއް ފަށައިފި

ހދ. އަތޮޅު މަދަރުސާގައި މަދަޙަ ކިޔުމުގެ މުބާރާތެއް ފަށައިފި

ހދ. އަތޮޅު މަދަރުސާގައި މަދަޙަ ކިޔުމުގެ މުބާރާތެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ އަތޮޅު މަދަރުސާ | ފޮޓޯ: ވައިކަރަދޫލައިވް

ހދ. އަތޮޅު މަދަރުސާގައި ބާއްވާ އެންމެ ފުރަތަމަ މަދަޙަ ކިޔުމުގެ މުބާރާތް ފަށައިފި އެވެ.

މިއަދު މެންދުރު 14:00 މިފެށުނު މުބާރާތުގައި އެމަދަރުސާގެ ވަރަށް ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. މި މުބާރާތް ކުރިއަށް ދާނީ ރަމަޟާން މަހުގެ 15 އަދި 16 ވަނަ ދުވަހު އެވެ. އަދި އެމަދަރުސާގައި ކިޔަވަމުންދާ 207 ދަރިވަރުން ތެރެއިން 112 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެމަދަރުސާއިން ހާމަކުރި އެވެ.

ދިއިސްލާމް އަށް މަޢުލޫމާތު ދެއްވަމުން އެ މަދަރުސާގެ ޕްރިންސިޕަލް، ނާސިހާ އިދްރީސް ވިދާޅުވި ގޮތުގައި މި މަދަޙަ މުބާރާތަކީ ރަމަޟާން މަހުގެ މުނާސަބަތުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މައްސަރަކީ އަޅުކަމުގެ މައްސަރަށް ވުމާއިއެކު މަދަޙައިގެ ޛަރީޢާއިން ވެސް ކުދިންނަށް ދީނީ ނަސޭޙަތް ލިބި ގެންދާނެ ކަމުގެ އުއްމީދުގައި ބާއްވާ މުބާރާތެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން މި މުބާރާތަކީ ކުދިންނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމަށް ހޯދައިދިން ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

މި މުބާރާތް ކުރިއަށް ދާނީ އުމުރުފުރައިގެ ގޮތުން އެކި އެކި ގްރޭޑް ތަކަށް ބަހާލެވިގެންނެ އެވެ. އަދި މި މުބާރާތުގައި އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ އުމުރު ފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ މުޅި މުބާރާތުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށް އެމަދަރުސާއިން ހާމަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.