ދުނިޔެ ފިލިޕީންސްގެ ސްކޫލަކުން ބުރުގާއެޅުން މަނާކުރުމުން މުސްލިމުން ކަންބޮޑުވުންފާޅުކޮށްފި

ފިލިޕީންސްގެ ސްކޫލަކުން ބުރުގާއެޅުން މަނާކުރުމުން މުސްލިމުން ކަންބޮޑުވުންފާޅުކޮށްފި

ފިލިޕީންސްގެ ސްކޫލަކުން ބުރުގާއެޅުން މަނާކުރުމުން މުސްލިމުން ކަންބޮޑުވުންފާޅުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑުރަށް ކަމުގައިވާ މިންޑާނައޯގެ ހައިސްކޫލެއްކަމުގައިވާ ޕިލަރ ކޮލެޖުން އެސްކޫލުގެ މުސްލިމު އަންހެން ދަރިވަރުންނަށް ބުރުގާ އެޅުން މަނާކުރުމުން އެޤައުމުގެ މުސްލިމު ޖަމާޢަތްތަކުންނާއި އަދި އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ޤާނޫނުއަސާސީއަށް އެބޭފުޅުން ބޯލެނބުމަށް. އެހެނީ އެސްކޫލްގެ މިއާސިޔާސަތުގެ ދަށުން އެނިގުޅައިގަންނަނީ އިންސާނީ ޙައްޤެއް،" ނެޝަނަލް ޢުލަމާ ކޮންފަރަނސް އޮފް ދަ ފިލިޕީންސްގެ އަމީން އާންމު ޢަލީ ސ. އައްޔޫބު ރެޕްލަރ ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ނަސާރާއިންގެކެތޮލިކް ފިރްޤާއިން ހިންގަމުން އަންނަ މި ސްކޫލުން އަލަށް ކަނޑައެޅި މިސިޔާސަތާއި ދެކޮޅަށް ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފައިވިނަމަވެސް އެސޫކުލުން ބުނަނީ އެސްކޫލުގެ ގޯތިތެރޭގައި އެއްވެސް ކުއްޖަކަށް ބުރުގާ ނޭޅޭނެކަމަށެވެ.

ޕިލަރ ކޮލެޖްގެ ރައީސް ސިސްޓަރ މާރިއާ ނީނާ ބަލްބަސްވަނީ ސްކޫލުގެ މިސިޔާސަތު ބަދަލުނުކުރާނެކަމަށް ބުނެ މިމަހު 6 ވަނަ ދުވަހު އެސިޓީގެ މޭޔަރ ސެލްސޯ ލްރެގަޓްއަށް ސިޓީއެއް ފޮނުވާފައެވެ.

"އަޅުގަނޑުމެންގެ ސްކޫލުގެ އުފެދިފައިމިވަނީ ރޯމަން ކެތޮލިކުން. އެހެންކަމުން މިއަސްލުން މަގުފުރެދިގެންދިއުމީ އެއީ އަޅުގަނޑުމެންނަށް ވާނެކަމެއްނޫން،" ބަލްބަސް އޭނާގެ ސިޓީގައި ބުނެފައިވެއެވެ.

"ތެދެއްމެ، އަޅުގަނޑުމެން އެކި ދީންތަކުގެ ދަރިވަރުންނަށް މިސްކޫލުން ކިޔެވުމުގެ ފުރުސަތުދެން. ނަމަވެސް ސްކޫލުގައި އެންރޯލްކުރުމުގެ ކުރިން މިސްކޫލުގެ ޤަވާއިދުތައް އަޅުގަނޑުމެން ކިޔައިދެން. އެގޮތުން ޚާއްސަކޮށް މިސްކޫލުގައި ބުރުގާ ނޭޅޭނެކަން އަޅުގަނޑުމެން ފާހަގަކުރަން،" އޭނާ އިތުރަށް ހާމަކުރިއެވެ.

ނެޝަނަލް ކޮމިޝަން އޮން މުސްލިމް ފިލިޕިނޯސް (އެންސީއެމްއެފް)ގެ ލީގަލް ކޮމިޝަނަރ އިން ޗަރޖްވަނީ ސްކޫލްގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިއީ ފިލިޕީންގެ ޤާނޫނުއަސާސީގެ 'ފްރީ އެކްސަރސައިޒް' މާއްދާގެ 32 ވަނަ ބާބުގެ 9710 ވަނަ ޖަދުވަލާއި ދިމާ އިދިކޮޅަށް އެމީހުންކޮށްފައިވާކަމެއް،" އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވިގޮތުގައި ފިލިޕީންސްގެ ތަޢުލީމާއިބެހޭ ޤާނޫނުތަކުން އެޤައުމުގެ މުސްލިމު އަންހެން ކުދިންނަށް ސްކޫލްތަކުގައު ބުރުގާއެޅުމުގެ ޙައްޤުވަނީ ލިބިދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.