ދުނިޔެ އިންޑިއާގައި ދިރިއުޅެމުންގެންދާ ރޮހޮންގްޔާ މުސްލިމު ރެފިއުޖީންނަށް އދ.އިން އެއްވެސް އެހީތެރިކަމެއް ނުފޯރުވާ

އިންޑިއާގައި ދިރިއުޅެމުންގެންދާ ރޮހޮންގްޔާ މުސްލިމު ރެފިއުޖީންނަށް އދ.އިން އެއްވެސް އެހީތެރިކަމެއް ނުފޯރުވާ

އިންޑިއާގައި ދިރިއުޅެމުންގެންދާ ރޮހޮންގްޔާ މުސްލިމު ރެފިއުޖީންނަށް އދ.އިން އެއްވެސް އެހީތެރިކަމެއް ނުފޯރުވާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިއާގައި ދިރިއުޅެމުންގެންދާ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމު ރެފިއުޖީންނަށް އދ.ގެ ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނަރުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭކަމުގައި ރެފިއުޖީން ހާމަކޮށްފިއެވެ.

ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ބަރުމާގެ ބުދިސްޓުންނާއި އަދި ސަރުކާރުން ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތަކަށް ތަޙައްމަލުނުކުރެވިގެން އިންޑިއާއަށް ހިޖުރަކޮށްފައިވާ ރެފިއުޖީންނަށް އެމީހުންގެ އަސާސީ ޙައްޤުތަށް ލިއްބައިދިނުމުގައި އދ. އިން އެއްވެސް ވަރަކަށް މަސައްކަތްނުކުރާކަމުގައި އެމީހުން ބުނެއެވެ.

އެގޮތުން ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ދިރިއުޅޭނޭތަނަކާއި އަދި ރަނގަޅު ތަޢުލީމެއް ލިބުމުގެ ފުރުސަތެއްވެސް ލިބިފައިނުވާކަމަށް އިންޑިއާގައި ވަރަށް ދަތި ޙާލުގައި މިހާރު ދިރިއުޅެމުން އަންނަ އެމުސްލިމު ރެފިއުޖީން ހާމަކުރެއެވެ.

"އދ.ގެ ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނަރުން އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ އެހީއެއްވެދީފައެއްނުވޭ. އަދި ހަމައެހެންމަ މެޑިކަލް ކޭޕްމެއްވެސް ހިންގާފައެއް ނުވޭ. އިންޑިއާގައި ދިރިއުޅެމުންއަންނަ އެހެން ރެފިއުޖީންނަށް މިހުރިހާކަމެއްގައި އެހީވެދޭއިރު އަޅުގަނޑމުންނަށް ހަމަ އެއްވެސް އެހީއެއް ނުދޭ،" ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމު ރެފިއުޖީއަކު ބޭރުގެ ނޫހަކަށްދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

އިންޑިއާގައި ދިރިއުޅެމުން އަންނަ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމު ރެފިއުޖީންނަށް އދ.އިން އެހީނުވާއިރު ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންއަންނަ ޤަތުލުއާންމުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް އެތެރެވާން މަސައްކަތްކުރާ ރެފިއުޖީންނަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މިކަމާއި ބެހޭގޮތުން މަޢުލޫމާތުދެމުން ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ބަރުމާގެ މުސްލިމު ރައްޔިތުންގެ މައްސަލަ ޙައްލުކުރުމީ އެއީ ބަންގްލަދޭޝްގެ ޒިންމާއެއް ނޫންކަމަށެވެ.

ބަންގްލަދޭޝްގެ ސަރުކާރުން އިއްޔެ ހެނދުނުވަނީ ރޮހިންގްޔާގެ ރެފިއުޖީންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރަމުން އަންނަ ބައިނަލްއަޤްވާމީ ތިން ޖަމްޢިައްޔާއެއް އެޤައުމުގައި އެހަރަކާތްތައް ހިންގުން މަނާކޮށްފައެވެ.

ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ބަރުމާގެ ބުދިސްޓުންނާއި ސަރުކާރުން ހިންގަމުން އަންނަ ލޭއޮހޮރުވުންތަކުގައި މިހައިތަނަށް 650 މުސްލިމުން މަރުވެފައިވެއެވެ. އަދި މިޤަތުލުއާންމުގެ ސަބަބުން 1200 މުސްލިމުން ގެއްލިފައިވާއިރު 80000 މީހުންގެ ގެދޮރުވަނީ ހަލާކުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.