އެފްރިކާ ސޯމާލިޔާއަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި 6 މުސްލިމުން މަރުވެއްޖެ

ސޯމާލިޔާއަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި 6 މުސްލިމުން މަރުވެއްޖެ

ސޯމާލިޔާއަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި 6 މުސްލިމުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޯމާލިޔާގެ މޮގަދިޝޫއާއި ކައިރީގައި އޮންނަ އަފްގޯއީ ސަރަޙައްދަށް އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި މުސްލިމުންގެ 6 މީހަކު މަރުވެއްޖެއެވެ.

ސޯމާލީ ސަރުކާރުގެ ބައެއް ފަރާތްތަކަށް ހަވާލާދީ ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އެމެރިކާގެ މިހަމަލާގައި މަރުވެފައިވަނީ މުޅިންވެސް އަލްޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިންނެވެ. އަދި މިހަމަލާގެ ސަބަބުން އިތުރު 10 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމެރިކާއިން މިހަމަލާދީފައިވަނީ ސޯމާލިޔާގެ އެހެން ސަރަޙައްދަކަށް އެމެރިކާއިން ޓެރަރިސްޓް ހަމަލާއެއްދީ 25 މީހުން މަރާލާފައިވާތާ އެއްދުވަސް ފަހުންނެވެ.

ބަނޑުހައިހޫނުކަމުގެ ތަދުމަޑުކަން ޖެހިފައިވާ ސޯމާލިޔާ އަށް އެމެރިކާއިން ޓެރަރިސްޓް ހަމަލާތައް ދެމުންދާއިރު އެޤައުމުން ބުނާގޮތުގައި ސޯމާލިޔާއަށް ޑްރޯން ހަމަލާދިނުން އެޤައުމުން ވަނީ ހުއްޓާލާފައެވެ. ޓެރަރިޒަމްއާއި ދެކޮޅަށްކަމަށް ބުނެ އަގްޣާނިސްތާން، ޕާކިސްތާން، ޔަމަން އަދި ސޯމާލިޔާފަދަ މުސްލިމު ޤައުމުތަކަށް އެމެރިކާއިންދަނީ މިފަދަ ޓެރަރިސްޓް ހަމަލާތައް ދޭތެރެ ދޭތެރެއިން އަމާޒުކުރަމުންނެވެ.

އެމެރިކާގެ ހަމަލާތަކުގެ އަމާޒަކީ މުޅިންވެސް ހަނގުރާމަވެރިންކަމަށް އެމެރިކާއިން ބުނާއިރު މިހަމަލާތަކުގެ ޝިކާރައަކަށްވަނީ ގިނަފަހަރު އާންމު ރައްޔިތުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.