ރާއްޖޭގެ ޚަބަރު ރަމަޟާން މަހު ފަހުކޮޅު އަޅުކަމާއިގެން އުޅޭނީ ހިތުގައި އީމާންކަންވާ މީހުން: ޝައިޚް އިލްޔާސް ޖަމާލް

ރަމަޟާން މަހު ފަހުކޮޅު އަޅުކަމާއިގެން އުޅޭނީ ހިތުގައި އީމާންކަންވާ މީހުން: ޝައިޚް އިލްޔާސް ޖަމާލް

ރަމަޟާން މަހު ފަހުކޮޅު އަޅުކަމާއިގެން އުޅޭނީ ހިތުގައި އީމާންކަންވާ މީހުން: ޝައިޚް އިލްޔާސް ޖަމާލް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުރުޤާން މިސްކިތުގައި ޝެއިޚް އިލްޔާސް ޖަމާލު ދެއްވިދަރުސް | ދިއިސްލާމް ފޯޓޯ: އަޝްވާގު

ރަމަޟާން މަހުގެ ފަހު ދުވަސްކޮޅު އަޅުކަމައިގެން މަސްއޫލުވެ އުޅޭނީ އެބައިމީހުންގެ ހިތުގައި އީމާންކަންވާ މީހުންކަމުގައި އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ޖަލާލުއްދީން މިސްކިތުގައި އަޞްރު ނަމާދަށް ފަހު އޮތް ދަރުސެއްގައެވެ. ޝައިޚް ވިދާޅުވީ ގިނަމީހުން މިސްކިތްތަކުން ފެންނަނީ ރަމަޟާން މަހު ކުރީ ކޮޅުގައި ކަމަށާއި މިސްކިތްފުރިގެން މަގުމަތީގައިވެސް ނަމާދު ކުރާތަން ފެންނަ ކަމަށާއި ނަމަވެސް މަހުގެ ފަހުކޮޅު ފެންނަނީ މަދު ބަޔެއް ކަމަށާއި އެއީ ހަޤީގީ ނަޛަރަކުން އެބައިމީހުންގެ ހިތުގައި އީމާންކަން ބިންވަޅުނެގިފައިތިބި މީހުންކަމަށެވެ.

ބަޔެއް މީހުން ރޯދަ ހިފަނީ އަމާބުނީތީ ފަރަށްދާ އުޞޫލުން ކަމަށާއި ރަމަޟާން މަހު ދުވާލު ތިމާ ކާތަން ފެނިއްޖެ ނަމަ މީހުންގެ މަލާމާތް ލިބޭނެތީ މިބައިމީހުން ދުވާލު ކައިބޮއި ނުހަދަނީ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ގިނަ މީހުން ރަމަޟާން ހޭދަކުރަނީ ، ބަޔެއް ކުދިން މައިންބަފައިން ނަމާދަށް ގޮސް ހީ ސަކަރާތް ޖަހާފައި އަންނަފަދައިން ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

"އީމާންވެހުންނަ ހާލުގައި، މާތްﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށްއެދޭޙާލުގައި، ރަމަޟާންމަހުގެރޯދަހިފާފިމީހާގެ އިސްވެދިޔަހާ ފާފަ ފުހެވިގެން ދެއެވެ." رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވި މި ބަސްފުޅަކީ ވަރަށް މުހިއްމު ބަސްފުޅެއް ކަމުގައި ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ. އޭގެ ތަފްސީލު ދެއްވަމުން ވިދާޅުވީ ރަމަޟާން މަހު ދުވާލު ނުކައި ނުބޮއި ހުރުމުން ފާފަތައް ފުހެވޭ ކަމަށް ބަޔެއް މީހުން ހީކުރާކަމަށާއި ނަމަވެސް ޙަދީޘްގެ ފުރަތަމަ ބައިގައި އެއަންނަ އީމާން ވުމުގެ ބައި ފުރިހަމަ ނުވާނަމަ ޢިލްމުވެރިން ވިދާޅުވަނީ އޭނާގެ ފާފަތައް ފުހެވިގެން ނުދާނެކަމަށްވެސް ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.