އޭޝިއާ ހުޅަނގު ބަރުމާއަށް ބިންހެލުމެއް އައިސްފި

ހުޅަނގު ބަރުމާއަށް ބިންހެލުމެއް އައިސްފި

ހުޅަނގު ބަރުމާއަށް ބިންހެލުމެއް އައިސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރުމާގެ ހުޅަނގުގެ ސަރަހައްދަކަށް ރިޗްޓަރ މިންގަނޣުން 5.8 ގެ ބިންހެލުމެއް އިއްޔެ ހެނދުނު އައިސްފައިވާކަމަށް ނައިޕިޓޯ ހައިޑްރޮލޮޖީ އެންޑް މީޓިއޮރޮލޮޖީ ޑިޕާޓްމެންޓުން ހާމަކޮށްފިއެވެ.

އެޑިޕާޓްމަންޓުން ބުނެފައިވާގޮތުގައި މިބިންހެލުމުގެ އެޕިސެންޓަރު ހަކާ ޕްރޮވިންސްގެ އިރުދެކުނުން 22.4 ކިލޯމީޓަރު އަދި މަންޑަލޭ ޕްރޮވިންސްގެ ހުޅަނގުއުތުރުން 216 ކިލޯމީޓަރު ހުންނާނެއެވެ.

މިބިންހެލުން އައިސްފައިވަނީ ބަރުމާގެ ގަޑިން ހެނދުނު 8:51 ގައި ކަމަށާއި އަދި މިބިންހެލުމުގެ އަސަރު މަންޑަލޭ އަދި ސަގައިގަންގ ސަރަޙައްދަށްކޮށްފައިވާކަމަށް ބަރުމާގެ މީޓިއޮރޮލިޖިކަލް ޑިޕާޓްމަންޓުން ހާމަކުރެއެވެ. މިބިންހެލުމާއި ގުޅިގެން އެއްވެސް މީހަކު މަރުވެފައިވާކަމަކަށް އަދި ޚަބަރުލިބިފައެއް ނުވެއެވެ.

ބަރުމާއަށް މިބިންހެލުން އައިސްފައިމިވަނީ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުންނާއި އަދި ބުދިސްޓު ފާދިރީންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.