ދުނިޔެ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއްގައި ފަލަސްތީނުގެ މީހެއް މަރާލައިފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއްގައި ފަލަސްތީނުގެ މީހެއް މަރާލައިފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއްގައި ފަލަސްތީނުގެ މީހެއް މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން  ހިފާފައިވާ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއްގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އިތުރު ދެމީހުންނަށް ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ.

އުމުރުން 40 އަހަރުގެ އަކްރަމް ދާއިރު ހޯމަދުވަހު ފަތިހުގެ ވަގުތެއްގައި ކާރު ދުއްވާފައި ދަނިކޮށް ރާމަﷲ ކައިރީގައި ތިބި ބޯޑަރު ބަލަހައްޓަ ގާޑުން އަކްރަމަށާއި އެކާރުގައިތިބި ފަލަސްތީނުގެ ދެ ފަސިންޖަރުންނަށް ހަމަލާދިނީކަމަށް ފަލަސްތީނުގެ ސަލާމަތާއިބެހޭ ފަރާތްތަކުން މަޢްލޫމާތު ދެއްވިއެވެ.

ހިޞާރުކޮށްފައިވާ އަލްޤުދުސްއަށް ނަމާދަށް ދިޔަކަމަށް ބުނާ މި ފަލަސްތީނުގެ ތިން މީހުންވަނީ މިހާރު ރާމަﷲގެ ހޮސްޕިޓަލަށް ގެންދެވިފައެވެ.

މިކާރު ޗެކްޕޮއިންޓާއި ހަމަވުމުން އިޒްރޭލުގެ ސިފައިން މިކާރަށް ހަމަލާދިން ސަބަބެއްއަދި ސާފު ނުވާކަމަށްވެއެވެ.

އިޒްރޭލުގެ ސިފައިންގެ ތަރުޖަމާނު ހާމަކޮށްފައިވާގޮތުގައި ހުޅަނގު އައްސޭރިން ހިފާފައިވާ އަލްޤުދުސްއަށް ދާމަގުގައި ހާދިސާއެއް ހިނގާފައިވާކަމަށާއި އިތުރުއެއްވެސް ތަފްސީލެއްދެވެންނެތްކަމަށް އޭއެފްޕީނިއުސް އެޖެންސީއިން ރިޕޯޓްދިނެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ހިފާފައިވާ ސަރަޙައްދުތަކަށްމީގެ ތެރޭގައި އުތުރު ޤުދުސްއަށް އިޒްރޭލުންގެ ޚާއްސަ ހުއްދައެއްނެތި ވަނުންވަނީ މަނާކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.