އެފްރިކާ ވެނެޒުއެލާއިން ކެންޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަރާއި ގުޅިގެން ކެންޔާ ސިފައިން 6 މީހަކު ހައްޔަރުކޮށްފި

ވެނެޒުއެލާއިން ކެންޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަރާއި ގުޅިގެން ކެންޔާ ސިފައިން 6 މީހަކު ހައްޔަރުކޮށްފި

ވެނެޒުއެލާއިން ކެންޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަރާއި ގުޅިގެން ކެންޔާ ސިފައިން 6 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެނެޒުއެލާއިން ކެންޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަރާއި ގުޅިގެން ކެންޔާ ސިފައިން 6 މީހަކު ހައްޔަރުކޮށްފިއެވެ.

"އަޅުގަނޑުމެން މިހާރު މިމައްސަލައާއި ގުޅިގެން ހަމީހަކު ހައްޔަރުކޮށްފިން. އަޅުގަނޑުމެންނަށް އަދި އިތުރު ވަގުތު ބޭނުން. އަޅުގަނޑުމެންނަށް މިމައްސަލަ ތަޙްޤީޤްކުރުމަށް ފުރުސަތުދެއްވާ،" ކެންޔާގެ ނައިރޯބީ ސަރަހައްދުގެ ފުލުހުންގެ ކޮމާންޑަރު އެންތޮނީ ކިބޫޗީ ރޮއިޓަރސްއަށް ފޯނުން ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ވެނެޒުއެލާއިން ކެންޔާއަށް ކަނޑައަޅާފައިހުންނަ ސަފީރު އޮލްގާ ފޮންސެކާ މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާގެ ގޭގެ އެނދުމަތީގައެވެ. އޭނާ މަރާލަންޖެހުނީ ކޮންކަމަކާއި ގުޅިގެންކަން އަދި ސާފުވެފައިނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ ދުވަސްކޮޅެއްކުރިން ފޮނެސެކާގެ އަމުރަށް ވެނެޒުއެލާ އެމްބަސީގެ ކެންޔާގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ. ޚަބަރުތަކުން މަޢުލޫމާތުލިބޭގޮތުގައި އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވެނެޒުއެލާ އެމްބަސީގެ ކުރީގެ އިސްވެރިޔާ އެއޮފީހުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ އެމުވައްޒަފުން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނުގެންދިއުމުގެ ސަބަބުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.