ސަރބިއާގެ ބޮޑުވަޒީރަކަށް ސްލޮބޮޑާން މިލޮސޮވިޗްގެ ކުރީގެ ތަރުޖަމާނު އިވިޓްސާ ޑަސިޓްސް އިއްޔެ އައްޔަނުކޮށްފިއެވެ.
ސޮޝަލިސްޓް ޕާޓީގެ ލީޑަރު އިވިޓްސާ ޑަސިޓްސް ސަރބިއާގެ ބޮޑުވަޒީރަކަށް ހޮވިފައިވަނީ ސަރބިއާގެ 250 ގޮނޑީގެ ޤާނޫނުހަދާ މަޖިލީހުގިޔާ ައި 12 ގަޑިއިރުގެ ހޫނު ބަހުސަކަށްފަހު، ބައްދަލުވުމުގައި ބައިވެރިވި 142 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވޯޓުދީގެންނެވެ.
2006 ވަނަ އަހަރު ޑަސިޓްސްވަނީ މިލޮސޮވިޗްގެ ސޯޝަލިސްޓް ޕާޓީގެ ރައީސްކަން ކުރައްވާފައެވެ. ސޯޝަލިސްޓް ޕާޓީ ވެރިކަމަށް މިފަހަރު މިއައީ އެޕާޓީގެ ވެރިކަން ވެއްޓުނުތާ 12 އަހަރުފަހުންނެވެ. ސަރބިއާގެ އައު ރައީސް ޓޮމިސްލާވް ނިކޮލިޗްގެ ސަރބިއަން ޕޮރްގްރެސިވް ޕާޓީއާއިއެކު ގިނަ ކުދި ޕާޓީތަކެއްވަނީ ގުޅިގެން ކޯއެލިޝަން ސަރުކާރެއް އުފައްދާފައެވެ.
ސަރބިއާގެ އާބޮޑުވަޒީރު ހާމަކޮށްފައިވާ ގޮތުގައި އޭނާ ވެރިކަން ކުރާނީ މިލޮސޮވިޗްގެ ޤައުމިއްޔަތަށް ގޮވާލާ ސިޔާސަތުތަކުންނެއް ނޫނެވެ. ނަމަވެސް ގިނަބަޔަކު ދަނީ މިލޮސޮވިޗްގެ ތަރުޖަމާނު ބޮޑުވަޒީރަކަށް އައްޔަނު ކުރުމުން ސަރބިއާ އަނެއްކާވެސް ކުރީގައި އޮތް ހަމަނުޖެހުންގަނޑުގެ ތެރެއަށް ވެއްޓުން ވަރަށް ގާތްކަމަށްބުނެ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...