ދުނިޔެ ސައުދީ އަރަބިއްޔާގެ ޖޫޑޯ ކުޅުންތެރިޔާއަށް މުބާރާތުގައި ހިޖާބް ނޭޅޭނެ- އޮލިމްޕިކްސް 2012

ސައުދީ އަރަބިއްޔާގެ ޖޫޑޯ ކުޅުންތެރިޔާއަށް މުބާރާތުގައި ހިޖާބް ނޭޅޭނެ- އޮލިމްޕިކްސް 2012

ސައުދީ އަރަބިއްޔާގެ ޖޫޑޯ ކުޅުންތެރިޔާއަށް މުބާރާތުގައި ހިޖާބް ނޭޅޭނެ- އޮލިމްޕިކްސް 2012

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިއްޔާގެ އޮލިމްޕިކް ޓީމްގެ ދެ އަންހެން ކުޅުންތެރިންގެ ތެރެއިން ޖޫޑޯ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިޔާ މުބާރާތުގައި ވާދަކުރާނީ ހިޖާބް ނާޅާކަމަށް އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން މަޢްލޫމާތުދިނެވެ.

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންގެ ރައީސް މެރިއަސް  ވައިޒަރ އިތުރަށް ހާމަކޮށްފައިވަނީ ވޮޖްދާން އަލީ ސިރާޖް އަބްދުއްރަޙީމް ޝަރްޚާނީ މުބާރާތުގައި އޭނާގެ ބޯނިވާނުކުރާނެއެވެ.

ވޮޖްދާންގެ 78 ކިލޯއިން މަތީގެ މި މުބާރާތް ކުރިއަށްދާނީ 2 އޯގަސްޓް ވާ ބުރާސްފަތި ދުވަހުއެވެ.

ސައުދީ އަރަބިއްޔާގެ ގިނަ އަންހެނުންނަކީ ހިޖާބުވެގެން ތިބޭބަޔެއްކަމުގައިވިޔަސް ޖޫޑޯ މުބާރާތުގައި ހިޖާބުލުން މަނާކުރީ ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ޖޫޑޯ ފެޑެރޭޝަނުން ހާމަކުރިއެވެ.

ސައުދީ އަރަބިއްޔާގެ އޮލިމްޕިކްސް ޓީމްގައި މީގެ ކުރީ އަހަރުތަކުގައި ބައިވެރިވެފައިވަނީ މުޅިންވެސް ފިރިހެން އެތްލީޓުންނެވެ. ސައުދީއިން އޮލިމްޕިކްސްގައި ބައިވެރިވެފައިވާ ދެ އަންހެން ކުޅުންތެރިންނަނީ 18 އަހަރުގެ ޝަރްޚާނީ އާއި 800 މީޓަރުގެ ދުވުންތެރިޔާ ސާރާ އައްތަރުއެވެ.

މިކަމާގުޅިގެން ގިނަ މުސްލިމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސައުދީ އަރަބިއްޔާއިންވަނީ މިމައްސަލަ އޮލިމްޕިކް ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.