ދުނިޔެ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންއަންނަ ލޭއޮހޮރުވުންތަކުގެ ބަދަލު ހިފާނެކަމަށްބުނެ ތާލިބާނުން ބަރުމާގެ ސަރުކާރަށް އިންޒާރުދީފި

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންއަންނަ ލޭއޮހޮރުވުންތަކުގެ ބަދަލު ހިފާނެކަމަށްބުނެ ތާލިބާނުން ބަރުމާގެ ސަރުކާރަށް އިންޒާރުދީފި

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންއަންނަ ލޭއޮހޮރުވުންތަކުގެ ބަދަލު ހިފާނެކަމަށްބުނެ ތާލިބާނުން ބަރުމާގެ ސަރުކާރަށް އިންޒާރުދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރުމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުދިސްޓުންނާއި އަދި ސަލާމަތީ ބާރުތަކުން ހިންގަމުންއަންނަ ލޭއޮހޮރުވުންތަކުގެ ބަދަލުހިފާނެކަމަށް ބުނެ ޕާކިސްތާނުގެ ތަހްރީކްއޭ ތާލިބާނުން ބަރުމާގެ ސަރުކާރަށް އިންޒާރުދީފިއެވެ.

ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތަކާއި މެދު ތާލިބާނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި ބަރުމާގެ މުސްލިމުންގެ ލޭގެ ބަދަލު ވަރަށް އަވަހަށް ހިފާނެކަމަށް ތާލިބާނުން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ބަރުމާއާއި އެކު ގާއިމްކޮށްފައިވާ ހުރިހާ ގުޅުންތައް ކަނޑާލައި އިސްލާމްއާބާދުގައި ހުންނަ ބަރުމާގެ އެމްބަސީ ބަންދުކުރުމަށް ތާލިބާނުންގެ ތަރުޖަމާނު އިހްސާނުﷲ އިހްސާންވަނީ ޕާކިސްތާނު ސަރުކާރަށް ގޮވާލާފައެވެ.

"އެހެންނޫނީ އަހަރެމެން ހަމަލާދޭނީ ހަމައެކަނި ބަރުމާއަކަށް ނޫން. ބަރުމާއާއި ގުޅުން ބަދަހިކުރާ ޕާކިސްތާނުގެ ފަރާތްތަކަށްވެސް އަހަރެމެން ހަމަލާދޭނަން،" އިހްސާން އިންޒާރުދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.