ޓްވިޓަރ ގައި ޢަދާލަތު ޕާޓީގެ ނަމުގައި މިހާރު އުޅޭ އެކައުންޓަކީ އެޕާޓީގެ ޓްވިޓަރ އެކައުންޓެއް ނޫން ކަމުގައި ޢަދާލަތު ޕާޓިން ހާމަކޮށްފިއެވެ.
ޢަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ އެޕާޓިއާ އެއްވެސް ގުޅުމެއް ހުރި އެކައުންޓެއް ނޫން ކަމަށެވެ. އަދި “adhaalath@” މިއެކައުންޓްގެ ނަމުގައި ފާޅުކުރާ ޚިޔާލާއި ޝުޢޫރުތަކަށް އެޕާޓީއިން ޒިންމާ ނުވާނެކަމަށާއި އެޕާޓީގެ ރަސްމީ ޓްވިޓާރ އެކައުންޓަކީ "Adhaalathoffice@" ކަމަށް ޓްވިޓާރ ބޭނުންކުރާ ފަރާތްތަކާއި އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަކަމަށް ޢަދާލަތު ޕާޓީއިން ނެރުނު ބަޔާނުގައިވެއެވެ.
ބަޔާން ނިންމާލަމުން ޢަދާލަތު ޕާޓީގެ މަޞްލަޙަތު ހުރި މިފަދަ ނަންނަން ބޭނުންކޮށްގެން އެއްވެސް ފަރާތަކުން މީޑީޔާގެ އެކި އެކި ވަޞީލަތްތަކުގައި ޙަރަކާތްތެރި ނުވުމަށް ނަޞޭޙަތްތެރިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...