ދުނިޔެ ބައްޝާރުލް އަސަދުގެ ސިފައިން އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމަށް އެކްޓިވިސްޓުން ތުހުމަތުކޮށްފި

ބައްޝާރުލް އަސަދުގެ ސިފައިން އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމަށް އެކްޓިވިސްޓުން ތުހުމަތުކޮށްފި

ބައްޝާރުލް އަސަދުގެ ސިފައިން އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަމަށް އެކްޓިވިސްޓުން ތުހުމަތުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިޔާގެ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދުގެ ސިފައިން އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން ދައްކުވައިދޭ ވީޑިއޯއެއް އެޤައުމުގެ ދީރް އަޒޫރް ސިޓީގައި ހަރަކާތްތެރިވަމުންދާ އިދިކޮޅު އެކްޓިވިސްޓުން އިންޓަރނެޓްގައި އާންމުކޮށްފިއެވެ.

ސީރިޔާ ސަރުކާރުން އެޤައުމުގެ އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ހާމަކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި އާންމުކުރެވުނު މިވީޑިއޯގައި ވިހަ ގޭހުގެ އަސަރު ޖެހިފައިވާ ކުޑަކުދިންތަކެއްގެ މަންޒަރުތަކެއް ދައްކުވައިދެއެވެ.

އެކްޓިވިސްޓުން ހާމަކުރާގޮތުގައި  ސަރުކާރުގެ ސިފައިން އާންމުންނާއި ދެކޮޅަށް މިދިޔަ ހުކުރުދުވަހު ވިހަ ގޭސް ބޭނުންކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ނޭވާލުމުގައި އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ބައްޝާރުލް އަސަދުގެ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާއާއި ގުޅިގެން ސީރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ވިހަ ގޭސްތަކުން ރައްކާތެރިވެގަތުމުގެ ގޮތުން ބޭނުން ކުރެވިދާނެ މާސްކުތައް އުފައްދާނޭގޮތް ކިޔައިދޭ ވީޑިއޯތަކެއް އާންމުކޮށްފައެވެ.

ސީރިޔާގެ އިދިކޮޅުފަރާތްތަކާއި މިދިޔަ ހަފްތާގައި ގުޅިފައިވާ އިރާޤަށް ކަނޑައަޅާފައި ހުންނަ ސަފީރު ނަވާފް ފާރިސް މަޢުލޫމާތު ދީފައިވާގޮތުގައި ބައްޝާރުގެ ސަރުކާރު ދާދިއަވަހަށް ވެއްޓިދާނޭކަމުގެ ބިރު ބައްޝާރުލް އަސަދަށް ހީވެއްޖެނަމަ އާންމުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރަން ބައްޝާރުލް އަސަދު އެއްވެސް ޖެހިލިމެއް ނުވާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.