ދުނިޔެ މިޞްރުން އިޒްރޭލަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަށް ގޮއްވާލައިފި

މިޞްރުން އިޒްރޭލަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަށް ގޮއްވާލައިފި

މިޞްރުން އިޒްރޭލަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަށް ގޮއްވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޞްރުން އިޒްރޭލަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަކަށް ހަމަލާދީ ހޮޅިތައް ގޮއްވާލައިފިއެވެ. މެނާ ނޫސް އޭޖެންސީއިން ހާމަކޮށްފައިވާގޮތުގައި މިއީ މިޞްރުން އިޒްރޭލަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަކަށް އަމާޒުކޮށްގެން ދެވުނު 15 ވަނަ ހަމަލާއެވެ.

މަންޒަރުދުށް މީހުން އޭއެފްޕީއަށް ކިޔާދިންގޮތުގައި ހޮޅިތައް ގޮވި އަޑު ވަރަށް ބާރަށް އިވުނު ކަމަށާއި އަދި އުތުރ ސިނާއީގެ އަވަށެއްކަމުގައިވާ އަލްއަރީޝްގައި ހުންނަ ގޭސް ހޮޅިތައްހުންނަ ސަރަހައްދުން އަލިފާން ރޯވެފައިވާތަން ފެނުނުކަމަށެވެ.

2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓުނު ފަހުން އިޒްރޭލާއި ދެމެދު މިޞްރުން އަޅާފައިވާ ގޭސް ހޮޅިތަކަށް ދޭތެރެ ދޭތެރެއިން ދޭ ހަމަލާތަކުގެ ފަހަތުގައިވަނީ ބަދަވީ ހަނގުރާމަވެރިންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

އޮފިޝަލަކު ހާމަކުރިގޮތުގައި އޭޕްރިލްމަހު މިގޭސްހޮޅިތަކަށް ދެވުނު ހަމަލާއަށްފަހު އިޒްރޭލަށާއި އުރުދުންއަށް ގޭސް އެކްސްޕޯޓްކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އަލްއަރީޝް އަވަށުގެ މީހުން ބުނާގޮތުގައި މީގެ ތިން ދުވަސްކުރިން އިޒްރޭލަށް ގޭސް ޝިޕްމަންޓްތައް އަލުން ފޮނުވަން ފަށާފައިވެއެވެ.

އިޒްރޭލަށް މިޞްރުން ފޮނުވާފައިވާ ގޭސް ހޮޅިތަކަށް މީގެ ކުރިން ދެވުނު ހަމަލާތަކާއި ގުޅިގެން އިޒްރޭލަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓުމުން އިޒްރޭލުގެ ގޮލޯބަލް ނޫހުގައި އެޤައުމުގެ ނެޝަނަލް އިންފްރާސްޓަކްޗަރ މިނިސްޓްރީން އެކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހޫނު މޫސުމުގައި އިޒްރޭލުން ގޭހަށް ދުވާލަކު 10 މިލިއަން ޝެކެލްސް (2.67 މިލިއަން ޑޮލަރު) ހޭދަ ކުރަން ޖެހެއެވެ.  2010 ވަނަ އަހަރާ ބަލާ އިރު 2011 އަހަރު 156.91 މިލިއަން ޑޮލަރު އިތުރު ވެފައި ވާކަމަށާއި އެޤައުމުގެ މައި ގޭސް ހޮޅި އަކީ އޭގެން ޑީސަލް އުފައްދާ އަދި ކަރަންޓު ނަގައި ދޭ ނިޒާމް ކަމަށް ވެފައި މި ހޫނު މޫސުމުގެ ޖުލައި އަދި އޮގަސްޓް މަހުގައި ތެޔޮ އަންދާ ވަރު ވަނީ 142,000 ޓަނު މައްޗަށް ގޮސްފައެވެ. ޑީސަލް އަކީ ގޭސް އަށް ވުރެ ވެސް އަގު ބޮޑު އެއްޗެކެވެ. ކޮންމެ “ބިރިޓިސް ތަމަލް ޔުނިޓަކީ” 33.32 މިލިއަން ޑޮލަރެވެ. ގޭހުގެ “ބީޓީޔޫ” އަކީ 5.35 މިލިއަން ޑޮލަރެވެ. މިކަމުގެ ސަބަބުން އިޒްރޭލުލެ ޔަހޫދީންގެ ކަރަންޓު ބިލް ވަނީ %10 އިތުރުވެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.