ބުރުނާއިގަ އެޤައުމުގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި 12 ސިފައިން މަރުވެއްޖެއެވެ.
ކުއަލަ ބެލައިޓްގައި ހިނގި މިއެކްސިޑެންޓުގައި 12 މީހަކު މަރުވެފައިވާއިރު 2 މީހަކު ސަލާމަތްވެފައިވާކަމަށް ވައިގެ ސިފައިންގެ ތަރުޖަމާނު ނޫރައްދީން ސާލިޙް މަޢުލޫމާތު ދީފައިވެއެވެ.
ބުރުނާއީގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުގައި ސަލަމާތްވި ދެމީހުންގެ ޙާލު މިހާރުދަނީ ރަނގަޅުވަމުންނެވެ. އަދި މިހާދިސާއާއި ގުޅިގެން ބުރުނާއިގެ ރަސްގެފާނު ހަސަނުލް ބުލްކިޔާ ވަނީ ބެލް 212 ހެލިކޮޕްޓަރު ވެއްޓި، މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.
މަޞްދަރު: އޭއެފްޕީ

ކޮމެންޓް (0)
ލޯޑް ކުރަމުން...