ދުނިޔެ ރޯދަމަހާއި ގުޅިގެން 159 ކުށްވެރިންނަށް ހަމާސްއިން މަޢާފްދީފި

ރޯދަމަހާއި ގުޅިގެން 159 ކުށްވެރިންނަށް ހަމާސްއިން މަޢާފްދީފި

ރޯދަމަހާއި ގުޅިގެން 159 ކުށްވެރިންނަށް ހަމާސްއިން މަޢާފްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާޢަތުން 159 ކުށްވެރިއަކަށް މަޢާފްދީ ޖަލުން މިނިވަންކޮށްފިއެވެ.

"ހަމާސް ސަރުކާރުން ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރި މުނާސަބަތުގައި ރޯދަ ހަދިޔާއެއްގެ ގޮތުން 159 ކުށްވެރިން ދޫކޮށްފި،" އިންޓީރިއަރ މިނިސްޓްރީގެ އިސް އޮފިޝަލެއްކަމުގައިވާ އިސްލާމް ޝާހްވަން ހާމަކުރެއްވިއެވެ.

ރަމަޟާން މަހާއި ގުޅިގެން ހަމާސް އިން މަޢާފްދީ މިނިވަންކުރާ ކުށްވެރިންނަކީ އެއީ ސިޔާސީ ކުށްވެރިން ނޫންކަމަށާއި އަދި އެއީ ޖިނާޢީ މައްސަލަތަކުގައި ބަންދުކުރެވިފައިވާ ކުށްވެރިންކަމުގައި ޣައްޒާ ސިޓީގެ ދެކުނުގައި ހުންނަ ޖަލުގެ ކުރީމަތީގައި ވާހަކަދައްކަވަމުން ޝާހްވަން ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ފަތަހް ޖަމާޢަތުގެ ބާރު އޮތް ޣައްޒާ ސަރަހައްދު 2007 ވަނަ ހަމާސް ޖަމާޢަތުން ވަނީ ހިފާފައެވެ. އަދި އޭގެ ފަހުންއައި ކޮންމެ ރޯދަމަހަކާއި ގުޅިގެން ހަމާސް ޖަމާޢަތުން ދަނީ ކުށްވެރިން މިނިވަންކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.