ސުފުރާ ރިޗް ޗޮކްލެޓް މޫސް ކޭކް

ރިޗް ޗޮކްލެޓް މޫސް ކޭކް

ރިޗް ޗޮކްލެޓް މޫސް ކޭކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާތަކެތި

 *ކޭކު ހެދުމަށް
4 ބިހުގެ ލޮނދި
100ގ ހަކުރު
140ގ ހެޒަލް ނަޓް ( މުގުރާފައި )
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ

*ފިލިންގް ހެދުމަށް
250ގ ކުކިންގް ޗޮކްލެޓް
4 ބިހުގެ ގޮބޮޅި
60ގ ހަކުރު
4/1 1 ޖޯޑު ވިޕިންގް ކްރީމް

ހައްދަވާނެގޮތް

ކޭކް ހެއްދެވުމައް ފުރަތަމަ ބިހުގެ ލޮނދި ހުދުވަންދެން ގިރާލާށެވެ. އެތި އެތި ކޮޅުން ހަކުރު އަޅަމުން ރަނގަޅަށް ގިރާލާށެވެ. އެއައްފަހު ހެޒްލްނަޓް ކޮޅާއި ކޮކޯ ޕައުޑަރ ކޮޅު އަޅާ ރަނގަޅަށް އެއް ކޮށްލާށެވެ. އެއްށްފަހު ކޭކް ފިހަންލާށެވެ. ޓޫތް ޕިކެއް ކޭކުގެ މެދައްލާފަ ނެރޭ އިރު ނޫންގުޅި ހުރީމަ ރަނގަޅުވާނެ އެވެ. ކޭކް ފިހެވުނީމާ ނަގާފަ ހިހޫ ކުރަން ބައިންދާށެވެ.

އެއައްފަހުފިލިންގް ހައްދަވާށެވެ. ފުރަތަމަ ޗޮކްލެޓް ރަނގަޅަށް ދިޔާ ކޮށްލާށެވެ. އެހެން ތައްޓެއްގާ ބިހުގެ ގޮބޮޅި އާއި ހަކުރު ހުދުވަންދެން ގިރާލާށެވެ. 4/1 ޖޯޑު ވިޕިންގ ކްރީމް ހޫނު ކޮށްލުމަށްފަހު ބިހުގެ ތެރޭގައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޗޮކްލެޓް އޭގެ ތެރެއަށް އަޅުއްވާ ލައްވާށެވެ. އެއަށް ފަހު އެހެން ތައްޓެއްގަ ބާކީ ހުރި ވިޕިންގް ކްރީމްކޮޅު ގިރާލާށެވެ. ވިޕިންގް ކްރީމް ފޮނުގަނޑަކަށް ވީމަ ފަހަރަކު ސަމްސަލެއްގެ ވިޕިންގް ކްރީމް ބިހުގެ ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހިހޫވެފައި ހުރި ކޭކްގެ މައްޗަށް ޗޮކްލެޓް ކޮޅުއަޅާފައި އައިސް އަލަމާރިއަށްލައި ރަނގަޅަށް ފިނި ކޮށްލާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.