ދުނިޔެ ޔަމަނުގެ ދާޚިލީ ކަންތައްތަކާއި އީރާނުން ނުބެހުމަށް ރައީސް ހާދީ ގޮވާލައްވާފި

ޔަމަނުގެ ދާޚިލީ ކަންތައްތަކާއި އީރާނުން ނުބެހުމަށް ރައީސް ހާދީ ގޮވާލައްވާފި

ޔަމަނުގެ ދާޚިލީ ކަންތައްތަކާއި އީރާނުން ނުބެހުމަށް ރައީސް ހާދީ ގޮވާލައްވާފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަމަނުގެ ދާޚިލީކަންތައްތަކާއި އީރާނުން ނުބެހުމަށް ޔަމަނުގެ ރައީސް ޢަބްދުއްރައްބުހް މަންޞޫރު ހާދީ ގޮވާލައްވާފިއެވެ.

ރައީސް ހާދީ މިހެން ގޮވާލައްވާފައިވަނީ ޔަމަނުގައި 7 އަހަރުވަންދެން ހަރަކާތްތެރިވަމުންދިޔަ އީރާނުގެ ޖާސޫސީ ވިއުގައެއް ޔަމަނު ސަރުކާރުން ފަޅާއަރުވާލާފައިވަނިކޮށެވެ.

"އީރާނުގެ މިޖާސޫސީ ވިއުގަ ޔަމަނުގައި ހަރަކާތްތެރިވަމުންދިޔައީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ އިސްވެރިޔެއްގެ ލީޑަރުކަމުގެ ދަށުން،" ޔަމަނުގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެވިއުގައިން ދިޔައީ ޔަމަނާއި އަދި ސޯމާލިއާގެ ސިއްރު މަޢުލޫމާތުތައް ޖާސޫސުކޮށް އީރާނާއި ޚިއްޞާކުރަމުންކަމަށް އެވެބްސައިޓުގައި ބުނެފައިވެއެވެ.

"އީރާނުގެ ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަން ޔަމަނުގެ ދާޚިލީ ކަންތައްތަކާއި ބެހިވަޑައިނުގަތުމަށް. މިދަނޑިވަޅުގައި ޔަމަނުގެ ނާޒުކު ޙާލަތާއި މެދު ވިސްނެވުން މުހިއްމު. އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވަން ޔަމަން ދޫކޮށްލެއްވުމަށް. ދެން ފުދިއްޖެ އިނގޭތޯ،" ރައީސް ހާދީ ޔަމަނުގެ ދައުލަތުގެ މީޑިއާ ސަބާ އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ޔަމަނުގެ އުތުރުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ ޙޫޘީ ޖަމާޢަތްމެދުވެރިކޮށް އީރާނުން ދަނީ ޔަމަނުގެ އުތުރުގައި ޝީޢީ ވަކި ދައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މިދިޔަ ހައްޖު މޫސުމުގައި ޔަމަނުގެ އުތުރުގެ ސުންނީންގެ އާބާދީ ބޮޑު ވާދީއެއްކަމުގައި ދައްމާޖު ޙޫޘީ ޖަމާޢަތުން ހިޞާރުކޮށް ކުޑަކުދިންނާއި އަންހެނުންމަރައި ދެމުންގެންދިޔަ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ ސަލަފީންވަނީ ޙޫޘީންނާއި ދެކޮޅަށް ޖިހާދު އިޢުލާންކޮށް ޙޫޘީންގެ ބާރު ޔަމަނުގެ އުތުރުން ފަނޑުކޮށްލާފައެވެ.

ޙޫޘީންނަކީ ޝީޢީންގެ ހައްދުފަހަނައަޅާފައިވާ ފިރުޤާއެއްކަމުގައިވާ އިޘްނައަޝަރިއްޔާއަށް ތަބާވާ ނުރައްކާތެރި ޖަމާޢަތެކެވެ.  ޔަމަނުގެ ސުންނީންނަށް ހަމަލާދީ ޤުރުއާން މަރުކަޒްތަކަށް ބޮން އަޅައި ޤުރްއާނަށް އިހާނެތިކޮށް ހިތުމީ އެއީ މިޖަމާޢަތުން އާންމުންކޮށް ކުރަމުން އަންނަ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.